MNU Book Fair 2023

The Maldives National University > News > MNU Book Fair 2023

އެމް.އެން.ޔޫ. ފޮތް މައުރަޒު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި ސެޕްޓެމްބަރ މަހުގެ 20 ން 22 ށް ޔުނިވަރސިޓީގެ މައިމަރުކަޒުގައި “އެމް.އެން.ޔޫ. ފޮތް މައުރަޒު” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓު ކުރިއަށްދާނީ ހުކުރު ދުވަސްފިޔަވާ ކޮންމެ ދުވަހެއްގެވެސް މެންދުރު 02:00 ން ރޭގަނޑު 10:00 އަށްށެވެ. ހުކުރު ދުވަހު ހަވީރު 4:00 ން ރޭގަނޑު 10:00 އަށްށެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. 2021 އަދި 2022 ވަނަ އަހަރު ބޭއްވުނު ފޮތް މައުރަޒަށް ލިބުނު ތަރުޙީބުގެ ބޮޑުކަމުން ފޮތް މައުރަޒު 2023 ބޭއްވުމަށް ނިންމާފައިވާކަން ވަރަށް އުފަލާއެކީ ފާހަގަ ކުރަމެވެ

:މަޤްޞަދު

ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން-

ޕަބްލިޝް/ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން-

ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުން-

ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން-

އެމް. އެން. ޔޫ. ފޮތް މައުރަޒުގައި ބައިވެރިވުން މިފަހަރުވެސް ހުޅުވާލެފިވަނީ އެއްވެސް ފީއެއް ނުނަގާ މުޅިން ހިލޭ ސާބަހަށެވެ. ޤައުމީ ޔުނިވަރސިޓީން ދަނީ މިފަހަކަށް އައިސް މިކަކަހަލަ ވަރަށް ގިނަ ހަރަކާތްތަކެއް ޤައުމު ބިނާ ކުރުމަށްޓަކައި އެކި އެކި ނަންނަމުގައި ބާއްވަމުންނެވެ

bit.ly/3E5hMvq :ރެޖިސްޓްރޭޝަން ލިންކް

Related Posts