އެމް.އެން.ޔޫ. ފަހި ސުފުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

The Maldives National University > News > އެމް.އެން.ޔޫ. ފަހި ސުފުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
އެމް.އެން.ޔޫ. ފަހި ސުފުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ހިންގާ ދިވެހީންގެ ތެރެއިން ކާބޯތަކެތި އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރުގ ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލައިފިއެވެ. މި ބާޒާރު ކުރިއަށް ދާނީ 1 ން 2 މާރިޗް 2023 އަށް ކޮންމެ ދުވަހަކު 10:00 ން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ

މި ބާޒާރުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އައު ކާބޯތަކެތީގެ ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ މާޙައުލެއް އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެފުރުސަތު ފަހި ކޮށްދި އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި ބާޒާރުގެ މަޤްޞަދެކެވެ

މިބާޒާރުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 18 ފެބްރުއަރީ 2023 ވާ ހޮނިހިރު ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ ލިންކު ބޭނުން ކުރައްވައިގެން ފޯރމު ހުށަހެޅޭނެއެވެ. މި ބާޒާރުގައި ބައިވެރިވުމުށް އެއްވެސް ފީއެއް ނުނެގޭނެއެވެ. އަދި ސްޓޯލްތައް ހަމަޖެހޭނީ ހަމަކުރަންޖެހޭ ހުރިހާ ތަކެއްޗެއް ހަމަކޮށް ފޯރމު ފުރާ ތަރުތީބުންނެވެ

https://bit.ly/3wnOnso : ފޯރމު ލިންކް

 

Related Posts