ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އިން ވަނީ ފަހި ކުތުބުޙާނާގެ ނަމުގައި އިވެންޓެއް ނޮވެމްބަރު 2 ވާ ބުރާސްފަތިދުވަހު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އެޑްމިނިސްޓްރޭޝަންގާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓަކީ ދިިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައި ޖުމްލަގޮތެއްގައި އެންމެހާ އަތޮޅުތަކުގައި ހުރިއެކިކަހަލަ މަޢުލޫމާތުތަކާއި، ރަށްތަކާއި ބެހޭގޮތުން ނޭނގޭ ބައިވަރު އެކިކަހަލަ މައުލޫމާތު އާންމުންނާއި ހިސާބަށް ފޯރުކޮށްދެވި، ލައިބްރަރީ ނުވަތަ ކުތުބުޚާނާއަކީ މައުލޫމާތު ފަތުރާ މައުލޫމަތު ހޯދުމަށް އޮތް މަގެއްކަމުގައިވާތީ މި ހަރާކާތުގެ އަލީގައި ދިވެހިރާއްޖޭގެ އެންސައިކްލޮޕީޑިއާއެއް ރިއަލް ޓައިމްގައި ތަޖުރިބާކޮށްލާ ރާއްޖޭގެ އަތޮޅުތަކާ ގުޅުވާލަދީ ޒިޔާރަތް ކޮށްލެވޭނެފަދަ އިޙްސާސްކޮށްލަދެވޭނެ ގޮތަކަށް އެއްތާކުން މަޢުލޫމާތު ހޯދާ ބަލާލެވޭނެއެވެ. މި އިވެންޓަކީ އާމުންނަށް ހުޅުވައިލެވިގެން ބާއްވާ އިވެންޓެކެވެ. އަދި ކުޑަކުދިންނަށް ހާއްސަ ގިނަ ގުނަ ކުޅިވަރުތައްވެސް ހިމެނޭނެއެވެ.
އިންތިޒާމްކުރާ ފަރާތް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އޮންނަ ތަން: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު
ދުވަސް: 2 ނޮވެމްބަރު 2023
ގަޑި: 16:00 – 22:00
މަޤްޞަދު:
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާރސިޓީ އާއި ޤައުމީ ޔުނިވާރސިޓީގެ ލައިބްރަރީ ޕްރޮމޯޓްކުރުން
ރާއްޖޭގެ އެކިއެކި އަތޮޅު އަދި ރަށްތަކާއި ބެހޭގޮތުން ނޭނގޭ ބައިވަރު އެކިކަހަލަ މައުލޫމާތު މީހުނަށް މި ހަރަކާތުގެ އަލީގައި އަންގައިދިނުން
ލައިބްރަރީ އަކީ މައުލޫމާތު ފަތުރާ މައުލޫމަތު ހޯދުމަށް އޮތް މަގެއްކަން މީހުނަށް ބުނެދިނުން
ދިވެހިރާއްޖޭގެ އެންސައިކްލޮޕީޑިއާއެއް ރިއަލް ޓައިމްގައި ތަޖުރިބާކޮށްލުން.
ހަމައެކަނި ލައިބްރަރީއިން މައުލޫމާތު ލިބިގެން ދަނީ ފޮތްތަކުން އެކަނި ނޫންކަން، މިގޮތަށް އާ ކަންކަން ދަސްކޮށްދޭ ނުވަތަ އާ މައުލޫމާތު ލިތްބައިދޭ ހަރަކާތްތަކުންވެސް މީހުންގެ ހަނދާނުގައި ހަރުލާފަދަ މައުލޫމާތުތަކެއް ލައިބްރަރީއިން ފޯރު ކޮށްދެވިދާނެކަން
ކޮންމެ އަތޮޅަކުންވެސް އެއަތޮޅެއްގެ ހާއްސަކަމެއް ނުވަތަ ކުރާ މޮޅުކަމެއް މީހުންނަށް ދައްކާލުން، މީގެ އިތުރުން އެއްވެސް އަތޮޅެއްގައި ކުތުބުޚާނާއާއި ގުޅޭ ކަމެއް ޙިއްސާ ކޮށްލަން ބޭނުންފުޅު ބޭފުޅުންނަށް އެ ފުރުޞަތުވެސް އެރުވޭނެ
ލައިބްރަރީގެ ސަރުނައަށް ލުމަށް ތަކެތި ހޯދުން.
ސަރުނަ އިސްތިހާރުކުރުން
ރާއްޖެ ތަމްސީލްކުރާ އެކި ކަހަލަ ރޮނގުތަކުގައި މަސައްކަތް ކޮށްދެއްވާފައިވާ ބޭބޭފުޅުންގެ ހަނދާންއާކޮށްލުން އަދި މި ޖީލުގެ ދަރިންނަށް އެބޭފުޅުން ކޮށްދެއްވާފައިވާ އަގުހުރި މަސައްކަތްތައް ދައްކާލުމަށް ފުރުސަތެއް ދިނުން. މިސާލަކަށް : އަދަބީ ބޭބޭފުޅުންގެ މަސައްކަތަށް، ދަނޑުވެރިން، މަސްވެރިން، ލިޔެލާ ނުވަތަ އަތްތެރި މަސައްކަތްތައް އަދި މިނޫނަސް ބައިވަރު ދާއިރާތައް ހިމެނެއެވެ.
ޤައުމީ ޔުނިވަރސިޓީގެ އެދުމަކީ ވީހާވެސް ގިނަ ބޭފުޅުން ޙާއްސަކޮން ސުކޫލް ތަކުގެ ދަރިވަރުން މި އިވެންޓްގައި ބައިވެރިވެ މަޢުލޫމާތު ހޯދުމެވެ.