މިއަދު ބޭއްވުނު އެމް.އެން.ޔޫ ފޮތް މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީ.އީ.އޯ ފިޒާނާ ރަޝީދުއެވެ. މި އިވެންޓްގައި 1800އަށް ވުރެ ގިނަ ތަކެތި ދައްކާލެވިގެންދާއިރު، މީގެ ތެރޭގައި އެކިކަހަލަ ތަފާތު ފޮތްތަކާއި، އިލްމްއުގެނުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ގޭމްސްތައްވެސް ރޭވިފައިވެއެވެ.
ފޮތް މައުރަޒު ކުރިއައްދަނީ ސެޕްޓެމްބަރ މަހުގެ 11ން 13އަށް ޔުނިވަރސިޓީގެ، ބީ-ބުލޮކް، ޕީއީ ހޯލްގައެވެ. މި މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް 16:00 ން 18:00 އަދި ރޭގަނޑު 20:00 ން 22:00 އަށެވެ. އެމް.އެން.ޔޫ އިން ބާއްވާ ފޮތް މައުރަޒަކީ، ފޮތް އުފައްދާމީހުންނާއި، ވިއްކާމީހުންނާއި، އަދި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. ކުރިއަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ފޮތްމައުރަޒަށް ވަނީ ވަރަށް ބޮޑު ތަރުޙީބެއް ލިބިފައެވެ. މިއަހަރު 40 ފަރާތަކުން ވަނީ މި މައުރަޒުގައި ބައިވެރިވެފައެވެ.
ފޮތް މައުރަޒުގެ މަޤްޞަދު :