ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާ ގުޅިގެން މޮޑެލް ކޮމަންވެލްތު އިސްވެރިގެން ބައްދަލުވުމެއް ބާއްވާއިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާ ގުޅިގެން ދިވެހިރާއްޖޭގައި މޮޑެލް ކޮމަންވެލްތު އިސްވެރިގެން ބައްދަލުވުމެއް ބާއްވާއިފިއެވެ.

މިއަންނަ މާރޗް މަހުގެ 10 ވަނަ ދުވަހު ފާހަގަކުރާ ކޮމަންވެލްތު ދުވަހާ ގުޅުވައިގެން ބޭއްވި މި މޮޑެލް ކޮމަންވެލްތު އިސްވެރިގެން ބައްދަލުވުގެ ޝިއާރަކީ މި އަހަރުގެ ކޮމަންވެލްތު ދުވަހުގެ ޝިއާރުކަމުގައިވާ  “ޓުގެދަރ ވީ ތްރައިވް” އެވެ. މި ސެޝަންގައި ދައްކުވައިދީފައިވަނީ ކޮމަންވެލްތު އިސްވެރިންގެ ބައްދަލުވުމުގެ އެގްޒެކެޓިވް ސެޝަންއެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ އެކި ދަރިވަރުން މި މޮޑެލް ސެޝަންގައި ބައިވެރިވެރިވެ، ކޮމަންވެލްތު ގައުމުތަކަށް ދިމާވާ ގޮނެޖެހުންތަކަށް، ޚާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރާއި، ދެމެހެއްޓެނިވި ތަރައްޤީ އަދި އިޤްތިސާދީ ވިލުންތެރިކަން އިތުރުކުރަމާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. މި މަޝްވަރާތަކުގައި ދަރިވަރުން ވަނީ ކޮމަންވެލްތުގެ ހަމަތަކަށް އަލި އަޅުވާލައި އެއްބާރުލުން އިތުރުކޮށް ދުނިޔެއަށް ދިމާވާ އެކި ގޮންޖެހުންތަކާ ކުރިމަތިލުމަށް ކަނޑައަޅާ ސިޔާސަތުތައް އެކުލަވާލާއިރު ޒުވާނުންގެ ބައިވެރިވުން މުހިންމުކަން ފާހަކޮށްފައެވެ. މި މޮޑެލް ސެޝަންއިން ކޮމަންވެލްތުގެ މުސްތަޤްބަލް ބައްޓަންކުރުމަށްޓަކައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށް ދިވެހިރާއްޖެއިން އަހަންމިއްޔަތު ދޭ މިންވަރު ހާމަވެގެންދިޔައެވެ. 

މި މޮޑެލް ކޮމަންވެލްތު އިސްވެރިގެން ބައްދަލުވުމުގައި މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިސްވެރިން، ދިވެހިރާއްޖޭގައި ގާއިމްކޮށްފައިވާ އެކި ގައުމުތަކުގެ ހައި ކޮމިޝަން އަދި އެމްބަސީ ގެ އިސްބޭފުޅުން، އަދި ޔުނިވަރސިޓީ އަދި ހައި ސްކޫލް ދަރިވަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

Related Posts