2025 ވަނަ އަހަރު ދެވަނަ ޓާރމުގައި ޖުމްލަ ސްކޮލަރޝިޕް އެވޯޑް ކުރެވުނީ 10 ދަރިވަރަކަށެވެ. މި އެވާޑްކުރުމުގެ ހަފްލާ ބޭއްވިގެންދިޔައީ ދިވެހިރާއްޖޭގެ ޤައުމީޔުނިވާސިޓީގެ ސެންޓްރަލް އެޑްމިނިސްޓުރޭޝަން ބިލްޑިންގް އޮޑިޓޯރިއަމްގައެވެ.
ޔުނިވަރސިޓީގެ ދަރިވަރުންގެ ސްކޮލަރޝިޕަކީ ޔުނިވަރސިޓީ ކައުންސިލުން އިން ތަޢާރުފުކޮށްފައިވާ، ތަޢުލީމު އިޙްތިފާލު ކުރުމާއި ތޫނުފިލިކަން ހުރެ މަތީ ފެންވަރަށް ކިޔެވުމަށް ދަތިވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން ދެވޭ ސްކޮލަރޝިޕެކެވެ.
ޔުނިވަރސިޓީ ސްކޮލަރޝިޕް ސްކީމް އަކީ ޔުނިވަރސިޓީ ކައުންސިލުން އިން ތަޢާރުފުކުރާ ސްކީމެކެވެ. މި ސްކޮލަރޝިޕް ސްކީމްގެ ޚަރަދު ހަމަޖައްސަނީ ޔުނިވަރސިޓީ އަށް ލިބޭ އާމްދަނީ އިންނެވެ.
ޝަހީދު އެވޯރޑަކީ 3 ނޮވެމްބަރ 1988 ގައި ޝަހީދުވި ޝަހީދުންގެ ޛިކުރާ އާކުރުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 1999 ން ފެށިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަސިޓީގެ 4 ފެކަލްޓީގައި ހިންގާ އެންމެ މަތީ ފެންވަރުގެ ކޯހުގެ ތެރެއިން ފުރަތަމަ ސެމެސްޓަރގައި އެންމެ ރަނގަޅު ނަތީޖާ ހާސިލުކުރާ ދަރިވަރުންނަށް ދެވޭ އެވޯޑެކެވެ.
ސްކޮލަރޝިޕް ސްކީމްގައިވަނީ ތިންބާވަތެއްގެ ސްކޮލަރޝިޕްއެކެވެ. އެއީ ޓިއުޝަން ފީ ހިލޭ ކުރުމާއި (އަންޑަރގްރޭޖުއޭޓް އަދި ޕޯސްޓް ގްރޭޖުއޭޓް)، އަންޑަރގްރޭޖުއޭޓް ފުލް ޝްކޮލަރޝިޕް އާއި ޕޯސްޓް ގްރޭޖުއޭޓް ފުލް ސްކޮލަރޝިޕް އެވެ. މީގެ އިތުރުން ޝަހީދު އެވޯޑް 4 ފެކަލްޓީ (ސީ.އެމް.އެސް، އެފް.އީ.އެސް.ޓީ، އެފް.އެޗް.ޓީ.އެސް އަދި އެމް.އެން.ޔޫ ބިޒްނަސް ސްކޫލް) އަށް ދެވެއެވެ.
ޓިއުޝަން ފީ ހިލޭ ކުރުމަކީ، ޔުނިވަރސިޓީއަށް ދަރިވަރުން ދައްކަންޖެހޭ ފީ އިސްތިސްނާ ކުރުމެވެ. ނަމަވެސް، ދަރިވަރުންގެ ޔޫނިއަންއަށް ދައްކަން ޖެހޭ ފީއެއް އިސްތިސްނާއެއް ނުވާނެއެވެ. އަންޑަރގްރޭޖުއޭޓް ފުލް ޝްކޮލަރޝިޕް ހިމެނެނީ ދަރިވަރުން ހަދަމުންދާ ކޯހުގެ ފުރިހަމަ މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސް އެއް ދިނުމެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގެ ދަރިވަރުންގެ ސްކޮލަރޝިޕް ސްކީމްގެ ދަށުން 2025 ވަނަ އަހަރުގެ ދެވަނަ ޓާރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް 3 ގިންތިއަކުން 24 ސްކޮލަރޝިޕް ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މި ސްކީމްގައި ހިމެނެނީ ޓިއުޝަން ފީ ހިލޭ ސްކޮލަރޝިޕް، އަންޑަރގްރެޖުއޭޓް ސްކޮލަރޝިޕް އަދި ޕޯސްޓް ގްރެޖުއޭޓް ސްކޮލަރޝިޕްއެވެ.
އިތުރު މަޢުލޫމާތު:
އެމް.އެން.ޔޫ. ދަރިވަރުންގެ ސްކޮލަރޝިޕްގެ 3 ކެޓަގަރީއާއި ޝަހީދު އެވޯރޑުގެ ދަށުން މިޓާރމުގައި 44 ދަރިވަރުން ކިޔަވަމުން އެބަގެންދެއެވެ.