އައު ދަރިވަރުންނަށް އަމާޒުކޮށްގެން އޮރިއެންޓޭޝަން ޕްރޮގްރާމް ބާއްވައިފި

04 . ފެބްރުއަރީ 2025

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް ޝަރީޢާ އެންޑް ލޯ (އެފް.އެސް.އެލް) އިން، މިއަހަރުގެ ފުރަތަމަ ޓާމުގައި އަލަށް ފެކަލޓީއާއި ގުޅުނު ދަރިވަރުންނަށް ޚާއްޞަކޮށްގެން ބޭއްވި އޮރިއެންޓޭޝަން ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ

  މި ޕްރޮގްރާމަކީ، އިސްލާމީ ޝަރީޢަތާއި ޤާނޫނުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރުމަށް ގުޅުނު އައު ދަރިވަރުން، ޔުނިވަރސިޓީގެ މާޙައުލަށާއި ތަޢުލީމީ ނިޒާމަށް އަހުލުވެރިކުރުވުމުގެ މަޤްޞަދުގައި އިންތިޒާމުކުރެވުނު މުހިންމު ބައްދަލުވުމެކެވެ

މި ސެޝަނުގައި، ފެކަލްޓީން ހިންގާ އެކަޑަމިކް ޕްރޮގްރާމްތަކުގެ އޮނިގަނޑާއި، ކިޔަވައިދިނުމުގެ އުޞޫލުތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ދަރިވަރުންނާ ވަނީ ޙިއްޞާކޮށްފައެވެ. މީގެއިތުރުން، ޔުނިވަރސިޓީގެ ފަރާތުން ދަރިވަރުންނަށް ފޯރުކޮށްދޭ ތަފާތު ޚިދުމަތްތަކާއި ވަސީލަތްތަކުގެ މަޢުލޫމާތު ދިނުމުގެ އިތުރުން، ކިޔެވުމުގެ މާޙައުލުގައި ދަރިވަރުން ސަމާލުކަންދޭންޖެހޭ އަޚްލާޤީ މިންގަނޑުތަކާއި ޤަވާޢިދުތަކަށް އަލިއަޅުވާލާފައިވެއެވެ. އަދި ޔުނިވަރސިޓީގައި ހޭދަކުރާ ދުވަސްތަކުގައި ޢަމަލުކުރަންވީ މުހިންމު ކަންކަންވެސް ދަރިވަރުންނަށް އޮޅުންފިލުވައިދެވުނެވެ

މި އޮރިއެންޓޭޝަންގެ ސަބަބުން، ތަޢުލީމީ ޙަޔާތުގެ އައު ބާބެއް ފަށައިގަންނައިރު ބޭނުންވާނެ އަސާސީ މަޢުލޫމާތު ދަރިވަރުންނަށް ލިބި، ޔުނިވަރސިޓީގެ އުޞޫލުތަކަށ ފަރިތަވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ  

Related Posts