Book Fair – Foy Maurazu 2022

October 11, 2022 @ 10:00 am - October 13, 2022 @ 10:00 pm
Loading Events
  • This event has passed.

އެމް.އެން.ޔޫ. ފޮތް މައުރަޒުގެ ތަރުހީބު ބޮޑުވުމުން މައުރަޒުގެ ވަގުތު ހެނދުނު 10:00 ން ފެށިގެން ރޭގަނޑު 10:00 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި އޮކްޓޫބަރ މަހުގެ 11 ން 13 ށް ޔުނިވަރސިޓީގެ މައިމަރުކަޒުގައި “އެމް.އެން.ޔޫ. ފޮތް މައުރަޒު” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް ހެނދުނު 10:00 ން ރޭގަނޑު 10:00 އަށްށެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. 2021 ވަނަ އަހަރު ބޭއްވުނު ފޮތް މައުރަޒަށް ލިބުނު ތަރުޙީބުގެ ބޮޑުކަމުން ފޮތް މައުރަޒު 2022 ބޭއްވުމަށް ނިންމާފައިވާކަން ވަރަށް އުފަލާއެކީ ފާހަގަ ކުރަމެވެ. ޤައުމީ ޔުނިވަރސިޓީން ދަނީ މިފަހަކަށް އައިސް މިކަކަހަލަ ވަރަށް ގިނަ ހަރަކާތްތަކެއް ޤައުމު ބިނާ ކުރުމަށްޓަކައި އެކި އެކި ނަންނަމުގައި ބާއްވަމުންނެވެ.

މަޤްޞަދު:

  • ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން.
  • ޕަބްލިޝް/ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން.
  • ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުން.
  • ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން.

އެމް. އެން. ޔޫ. ފޮތް މައުރަޒުގައި ބައިވެރިވުން މިފަހަރުވެސް ހުޅުވާލެވުނީ އެއްވެސް ފީއެއް ނުނަގާ މުޅިން ހިލޭ ސާބަހަށެވެ. އަދި މައުރަޒަށް ޒިޔާރަތްކުރަން ބޭނުންވާ ފަރާތްތަކަށްވެސް ހިލޭ ވަދެވޭނެއެވެ. މިގޮތުން މި އަހަރު މައުރަޒުގައި ބައިވެރިވާ ފަރާތްތައް ތިރީގައި އެވަނީއެވެ.

Details

Start:
October 11, 2022 @ 10:00 am
End:
October 13, 2022 @ 10:00 pm
Event Category:
Event Tags:
,