އެމް.އެން.ޔޫ. ފަހި ފުރުސަތު ހުޅުވާލައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި މޭ މަހުގެ 22 ން 23 އަށް ޔުނިވަރސިޓީގެ މައިމަރުކަޒުގައި “އެމް.އެން.ޔޫ. ފަހި ފުރުސަތު” (އެމް.އެން.ޔޫ. ޖޮބް ފެސްޓިވަލް) އެމް.އެން.ޔޫ. ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިފިއެވެ. މި އިވެންޓު ކުރިއަށްދާނީ އެ ދެދުވަހުގެ ހަވީރު 16:00 ން 18:00 އަދި 20:00 ން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު އަދި ކެމްޕަސް ތަކުގައެވެ. މިފަހަރުގެ ފެސްޓީވަލް އެމް.އެން.ޔޫ. މާލެ ކެމްޕަސްގެ އިތުރުން އެމް.އެން.ޔޫ. އަތޮޅު ކެމްޕަސްތަކުގައިވެސް މިފެސްޓިވަލް ކުރިއަށްދާނެއެވެ. މިފަހަރު ޖޮބްފެސްޓިވަލް 70ވުރެ ގިން މުއައްސަސާތަކުން ވާނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސަރުކާރު މުއައްސަސާތަކާއި، އަމިއްލަ ކުންފުނިތަކާއި ކެމްޕަސްތަކާއި އެމްއެންޔޫ ސްޓޯލްތައް ހިމެނޭއިރު މިފަހަރު 500+ ވަޒީފާގެ ފުރުސަތު ހުޅުވާލެވިފައިވެއެވެ.                       

 ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ. އެމް.އެން.ޔޫ ފަހި ފުރުޞަތު / އެމް.އެން.ޔޫ ޖޮބްފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ (‘ފުރާތަ – މުޖުތަމައަށް އަނބުރާ ދިނުން’ ‘Giving back to society’ ޝިއާރުގެ ދަށުން) ހުޅުވާލެވިފައިވާނެއެވެ.

Related Posts