ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ގުޅިގެން ކުރިއަށް ގެންދިޔަ ޓްރާންސްފޯމަޓިވް ލީޑަރޝިޕް ރާސްތާ ޕްރޮގްރާމް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. ތިން ދުވަހުގެ ތަމްރީނާއި މެންޓަރޝިޕްއާ އެކު، ދ. ވާނީގައި ހިންގި މި ޕްރޮގްރާމްގެ ސަބަބުން ދަރިވަރުންނަށް ލީޑަރޝިޕްގެ ކޮންމެހެން ބޭނުންވާ ހުނަރާއި، ކެތްތެރިކަމާއި، ޑިސިޕްލިންއާއި، ޓީމް ވޯކް ލިބިގެންދިޔައެވެ. މުޅި ޕްރޮގްރާމްގައި ބައިވެރިން ވަނީ ޓީމް ބިލްޑިންގ ޗެލެންޖްތަކާއި، ފިޒިކަލް ފިޓްނަސް ކަސްރަތުތަކާއި، ވެލިއު ބޭސްޑް ލާރނިންގ ފަދަ ޑައިނަމިކް ހަރަކާތްތަކެއް ހިންގާފައެވެ. މި ތަޖުރިބާތަކުގެ ސަބަބުން ދަރިވަރުންގެ މެދުގައި އެއްބައިވަންތަކަމާއި، ކެތްތެރިކަމާއި، ޒިންމާދާރުކަމުގެ ރޫޙެއް އުފެދި، މުޖުތަމަޢުތަމައުއަށް ބޭނުންވާ ކަހަލަ ލީޑަރުންތަކެއް އުފެދިގެންދިޔައެވެ.
މިއަދު ބޭއްވި ނިންމުމުގެ ރަސްމިއްޔާތަކީ، މި ބާރުވެރި ދަތުރުގެ ނިމުމެވެ. ބައިވެރިންގެ ކާމިޔާބީތައް ފާހަގަކުރުމުގެ ރަސްމިއްޔާތަށް ޝަރަފުވެރި މެހެމާނުންނާއި މެންޓަރުންނާއި ޕްރޮގްރާމް ފެސިލިޓޭޓަރުން ވަނީ ވަޑައިގެންފައެވެ. މި ތަމްރީނު ޕޮރޮގްރާމް ހިންގުމުގައި ބައިވެރިވި ވަޑައިގަތް ހުރިހާ ބޭފުޅުންނަށް ހަދާނީ ލިޔުން މި ރަސްމިއްޔާތުގައި ދެވުނެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއާއި، ޕްރޮގްރާމް ކޯޑިނޭޓަރުންނާއި، މިމަސައްކަތް ކާމިޔާބު ކޮށްދިނުމުގައި ޙިއްޞާ ކޮށްދެއްވި އެންމެންނަށް ހިތުގެ އަޑިން ޝުކުރު އަދާކުރަމެވެ. އެބޭފުޅުންގެ ފަސްނުޖެހޭ ތާއީދާއި އިރުޝާދުގެ ސަބަބުން އަންނަން އޮތް ޖީލުގެ ބާރުވެރި ލީޑަރުން ބައްޓަންކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.