ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް ބިނާކުރުމަށް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާއިން ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސް ބިނާކުރުމަށް އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާއިން ބިން ހަވާލުކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދެވިގެން މިދިޔައީ ޔުނިވާސިޓީގެ ސެންޓްރަލް  އެޑްމިނިސްޓުރޭޝަންގައި 14 ނޮވެންބަރ 2024ގައެވެ. މިހަފްލާއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެގިރިކަލްޗަރ އެންޑް ފުޑް ސައިންސަސް ފެކަލްޓީ އަޅަން 80،000 އަކަފޫޓުގެ ބިމެއް އދ.ތޮއްޑޫއިން ހަމަޖެހިގެން ދިޔުމާ ގުޅިގެން ކުރިއައް ގެންދެވުނު ހަފްލާއެކެވެ.

މި ހަފްލާއަށްވަނީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއަރ އަދި ތޮންޑޫ ކައުންސިލްގެ އިސްވެރިން ވަޑައިގެންފައެވެ. މި ނިމިގެންދިޔަ ހަފްލާއަކީ ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަަށް ވަރަށް މުހިންމު ހަފްލާއެކެވެ. އެއީ، ދަޑުވެރިކަމުގެ ދާއިރާއައް މަތީތައުލީމު ފޯރުކޮއްދިނުމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ.މުހަންމަދު މުޢިއްޒުގެ ވައުދުފުޅު އަމަލީ ސިފައެއްގައި ތަންފީޒު ކުރުމުގެ ފެށުމެވެ.

ފެކަލްޓީ އޮފް އެގްރިކަލްޗަރ އެންޑް ފުޑް ސައިންސަސްގައި 4 ޑިޕާޓްމެންޓް ގާއިމްކުރެވިގެންދާނެއެވެ. އެއީ ޑިޕާޓްމަންތް އޮފް އޯޓިކަލްޗަރ، ޑިޕާޓްމަންތް އޮފް ޕުލާންޓް ޕުރޮޓެކްޝަން، ޑިޕާޓްމަންތް އޮފް  ޕުލާންޓް ޕުރޮޓެކްޝަން، ޑިޕާޓްމަންޓް އޮފް ސޮއިލް އެންޑް ވޯޓަރ މެނޭޖްމެންޓް، ޑިޕާޓްމެންޓް އޮފް ފުޑް ސައިންސް އެންޑް ޓެކްނޮލޮޖީ އެވެ. ކޮންމެ ޑިޕާޓްމަންޓެއްގައި ޚާއްޞަ ލެބޯޓްރީތައް ޤާއިމް ކުރާނެ ކަމަށާއި މިފަދަ ޒަމާނީ ވަޞީލަތްތަކާއެކު ދަރިވަރުންނަށް އަމަލީ ތަޖުރިބާ ލިބި ދިވެހިރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ތަރައްޤީ ކުރަން ބޭނުންވާ ހުނަރުވެރި ޒުވާނުން ތައްޔާރު ކުރެވޭނެ ކަމަށެވެ.

Related Posts