ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސީޓީގެ 52 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި، ޔުނިވަރސީޓީގައި ގަސްއިންދުމުގެ ހަރަކާތެއް ބާއްވައިފިއެވެ. މި ހަޕްލާ ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމެންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް އެވެ. މި ހަފްލާގައި ޔުނިވަރސިޓީގެ ޗާންސެލަރ، ވައިސް ޗާންސްލަރ، ޑީވީސީން، އިސްވެރިންނާއި، މުވައްޒަލުން ކައުންސިލް މެމްބަރުން އަދި ލޮބުވެތި ދަރިވަރުން ބައިވެރިވެވަޑައިގަތެވެ.
ދިވެހި ސަރުކާރުން އިސްނަންގަވައިގެން ފައްޓަވާފައިވާ “ފަސް މިލިއަން ގަސް” ޕްރޮގްރާމުގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބައިވެރިވެ ވަނީ ގަސްއިންދުމުގެ ޕްރޮގުރާމް ފަށްޓާފައެވެ. މިއަދުގެ ހަފްލާގަ މި އިފްތިތާޙު ކުރެވުނީ ދަރިވަރުންގެ ޔޫނިއަންގެ އިސްނެގުމާއެކު [ފުޅާ ދާއިރާއެއްގައި އެމް.އެން.ޔޫގެ ހުރިހާ ކެމްޕަސްތަކެއް ފެހިކުރުމުގެ މަޝްރޫޢުއެކެވެ.” ވައިސްޗާންސެލަރ ހަފްލާއަށް ވަޑައިގެންނެވި ހުރިހާބޭފުޅުންނާ ވާހަކަފުޅު ދައްކަމުން ވިދާޅުވީ، “ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔޫނިއަނުން މި މަސައްކަތް އިންތިޒާމުކޮށް ކުރިއަށް ގެންދިއުމުގައި ދައްކުވައިދެއްވި އިސްނެގުމާއި ޒިންމާދާރުކަން ފާހަގަކޮށް، އެކަމަށް ފަޚުރުވެރިވާ ކަމަށާއި، މާދަމާގެ ލީޑަރުންކަމުގައިވާ ދަރިވަރުން އިސްނަގައިގެން ފުޅާ ދާއިރާއެއްގައި އިތުރު ގަސްތައް އިންދުމާއެކު، ފެހި އަދި ދެމެހެއްޓެނިވި ދިވެހިރާއްޖެއެއް ބިނާކުރުމުގެ އަޅުގަނޑުމެންގެ އަޒުމު އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ ޔަގީންކަން އޮތްކަމަށެވެ. ”
ގަސް އިންދުމުގެ މި މަސައްކަތް އެމް.އެން.ޔޫ.ގެ ހުރިހާ ކެމްޕަސްތަކުގައި ހިންގުމަށް ވަނީ ރޭވިފައެވެ. މިއީ ތިމާވެށި ރައްކާތެރިކުރުމާއި، އެއްބައިވަންތަކަން ޢާލާވާ މަސައްކަތަކައްވާތީއެވެ. މިއީ ހަމައެކަނި ތިމާވެންޓަށް ކުރެވޭ ޚިދުމަތެއް ނޫން އެއީކުރިމަގުގެ ޖީލުތަކަށް ވެވޭ ވަޢުދެއް އަދި އެކުގައި މަސައްކަތްކުރުމުން ޙާޞިލުކުރެވިދާނެ ކާމިޔާބީތަކުގެ ތަޖުރިބާއެއް މި މަސައްކަތުން ފެނިގެންދާނެއެވެ. މިއަދު އިންދާ ކޮންމެ ގަހަކީ މާދަމާގެ ދިވެހިރާއްޖެ އާރާސްތުކުރުމަށް އެޅޭ ބިންގަލެއް، އަދި މިއީ ތިމާވެށި ހިމާޔަތްކުރުމުގެ މުހިންމުކަން ޅަ ދަރިންނަށް އުނގަންނައިދޭ، ރަމްޒީ މަސައްކަތެކެވެ. ކުރިމަގު ބިނާވެގެންދާނީ މިފަދަ ކުދިކުދި ފިޔަވަޅުތަކުންނެވެ. ކޮންމެ ފިޔަވަޅަކީ ދިވެހިރާއްޖޭގެ ތިމާވެށި، ރައްކާތެރިކުރުމަށް އެޅޭ ހަރުދަނާ ފިޔަވަޅެކެވެ.