ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ވެރިޔާ އަދި ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްގެ ޑީން މަޤާމް ހަވާލުކުރުމުގެ ރަ ސްމިޔާތު ބާއްވައިފި

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީން އަދި ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސްގެ އިސްވެރިޔާ މަޤާމް ހަވާލުކުރުމުގެ ރަސްމިޔާތު ބާއްވައިފި އެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން ފަޚުރުވެރިކަމާއެކު ޔުނިވަރސިޓީގެ މުހިންމު އިސްވެރިން ގެ މަގާމުތަކަށް ދެ ފަރާތެއް ވަނީ އައްޔަނު ކުރައްވާފައެވެ. މި އައްޔަންކުރުންތަކުގެ ތެރޭގައި ހިމެނެނީ ޑރ އަބުދުލް ސައްތާރު އަބްދުލް ރަ ޙްމާން، ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ ޑީންއަށް، އަދި އަލްފާޟިލާ ރޯޒާ އިބްރާހިމް، ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް އިސްވެރިޔާގެ މަގާމަށެވެ.

ފެކަލްޓީ އޮފް ޝަރީއާ އެންޑް ލ ގެ ޑީންއަކަށް އައްޔަން ކުރެވިގެންދިޔަ ޑރ.އަބުދުލް ސައްތާރު އަބްދުލް ރަޙް މާން އަކީ، ދިވެހިރާއް ޖޭގެ ޤައުމީ ޔުނިވާސިޓީ އާ 2004ވަނަ އަހަރު ގުޅިވަޑައިގެންފައިވާ ބޭފުޅެކެވެ. ޑރ.އަބުދުލް ސައްތާރު އަބްދުލް ރަޙް މާން އަކީ، ޔުނިވާސިޓީ އަދި ފެކަލްޓީ އަށް ގިނަގުނަ ޙިދުމަތްތަކެއް ކުރައްވާފައިވާ ބޭފުޅެކެވެ. ތައުލީމީ ދާ އިރާގައި ކުރައްވާފައިވާ ޙިދުމަތްތަކުގެ އިތުރުން މުޖްތަމައުގައި ދިނީ ހޭލުންތެރިކަން އިތުރުކުރުމަށް، ދީނީ ފޮތްތަށް ދިވެހިބަހުން ދަރިވަރުންނާއި މުޖްތަމައުއާއި ހިސާބަށް ގެނައުމުގެ ގޮތުން ޑރ.އަބުދުލް ސައްތާރު ކުރައްވާފައިވާ އަދި މެދުކެޑުމެއްނެތި ދަނީ ވަރަށް ބައިވަރު މަސައްކަތްތައް ކުރަމުންނެވެ.

ސެންޓަރ ފޯ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް އިސްވެރިޔާގެ މަގާމަށް އައްޔަން ކުރެވުނު އަލްފާޟިލާ ރޯޒާ އިބްރާހިމް އަކީ ދިވެހިރާ އްޖޭގެ ޤައުމީ ޔުނިވާސިޓީ އާ 2005ވަނަ އަހަރު ގުޅިވަޑައިގެންފައިވަނީ ސެންޓަރ ފޯ އޯޕަން ލާނިންގް މިހާރުގެ ނަމުންނަމަ ސެންޓަރ ފ އެޑިޔުކޭޝަނަލް ޓެކްނޮލޮޖީ އެންޑް އެކްސެލެންސް އަށެވެ. އަލްފާޟިލާ ރޯޒާ އިބްރާހިމް ވަނީ ސެންޓަރ ކުރިއެރުވުމަށް ވަރަ ށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. 2023 ފެށިގެން މިޔަދާ ހަމަޔަށް އެކްޓިންގް ވެރިޔާކަމުގައި ސެންޓަރ ތަމްސީލުކޮށް ޔުނިވާސިޓީ ކޯސްތަކުގެ އިންސްޓުރަކްޝަން މަސައްކަތް ކުރިއަރުވާ އަގުހުރި މަސައްކަތް ތަކެއް ކުރައްވާފައެވެ.

މި އައްޔަންކުރުންތަކުން ދައްކުވައިދެނީ އެމް.އެން.ޔޫ އިން ތަޢުލީމާއި، ދިރާސާތަކާއި އައު އީޖާދުތަކުގެ ރޮނގުން ދިވެހިރާއްޖޭގައި އިސް ދައުރެއް އަދާކުރާ މަރުކަޒަކަށްވުމަށް ކުރަމުންދާ މަސައްކަތެވެ. މީގެ ތެރޭގައި ޓެކްނޮލޮޖީއާއި ގުޅޭ ދިރާސާތަކާއި ދަރިވަރުންގެ ކުރިއެރުމަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދޭކަމެވެ. އަލަށް އައްޔަންކުރެވުނު އިސްވެރިން މަސައްކަތް ކުރައްވާނީ އެމް. އެން. ޔޫ ގެ ސްޓްރެޓެޖިކް ވިޝަން ކުރިއަށް ގެންދިއުމަށެވެ. އަދި މިގޮތުން، ދަރިވަރުންނަށް އެމީހުންގެ ދާއިރާތަކުގައި ކުރިމަތިވާ އައު ގޮންޖެހުންތަކަށް ތައްޔާރުވެ ތިބުމަށް ބޭނުންވާ ހުނަރުތައް ލިބިދިނުމަށް މަސައްކަތް ކުރެވޭނެއެވެ.

 

Related Posts