ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެޤްޒާމިނޭޝަންސް ކޮންޓްރޯލަރގެ މަޤާމް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވައިފި  

މިއަދު ބޭއްވިގެން މިދިޔައީ ޔުނިވަރސިޓީގެ އެޤްޒާމިނޭޝަންސް ކޮންޓްރޯލަރ މަގާމަށް ހޮވިވަޑައިގެންފައިވާ ފަރާތަށް މަގާމު ހަވާލުކުރުމުގެ ރަސްމިއްޔާތެވެ. އެގޮތުން ޔުނިވަރސިޓީގެ އެޤްޒާމިނޭޝަން ކޮންޓްރޯލަރގެ މަގާމަށް ހޮވިވަޑައިގެންފައިވަނީ އަލްފާޟިލާ ނަހުޒާ ޝަރީފްއެވެ. ޔުނިވަރސިޓީ އެގްޒެމިނޭޝަންސް ކޮންޓްރޯލަރގެ މަގާމަން ހޮވިވަޑައިގެންފައިވާ އަލްފާޟިލާ ނަހުޒާ ޝަރީފްއަކީ ތަޢުލީމީ ދާއިރާގައި ދިގު މުއްދަތަކަށް ޚިދުމަތްކުރައްވާފައިވާ ފަރާތެކެވެ. އެގޮތުން އަލްފާޟިލާ ނަހުޒާ ޝަރީފްއަކީ 1999ވަނަ އަހަރު ތާޖުއްދީން ސްކޫލްގެ މިޑިލް ސްކޫލް ޓީޗަރ މަގާމް، ސުޕަވައިޒަރުގެ މަގާމް އަދި ސްކޫލްގެ ލީޑިންގ ޓީޗަރ މަގާމްވެސް އަދާ ކުރައްވާފައިވާ ފަރާތެކެވެ. އަދި އެއަށްފަހު، ނަހުޒާ ޝަރީފް ވަނީ ތަޢުލީމީ ވުޒާރާގެ ކޮލެޓީ އެޝުއަރެންސް ޑިޕާޓްމަންޓްގައި އެޑިއުކޭޝަން އޮފިސަރ އަދި ސީނިއަރ ކޮލެޓީ އެޝުއަރެންސް އެނެލިސްޓް މަޤާމު އަދާކުރައްވާފައެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ އިން ފަޚުރުވެރިކަމާއެކު ޔުނިވަރސިޓީގެ މި މުހިންމު މަގާމަށް ހޮވިވަޑައިގެންފައިވާ ފަރާތަށް މަރުހަބާ ދަންނަވަމެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ނަހުޒާ ޝަރީފް ވިދާޅުވީ، “އަޅުގަނޑުމެން މިހާރު ދިރިއުޅެމެން މިދަނީ ޓެކްނޮލޮޖީގެ ދާއިރާއިން އަވަސް ކުރިއެރުންތަކެއް ޙާސިލް ކުރަމުންދާ ޒަމާނެއްގައި، މި ޙަޤީޤަތް އަޅުގަނޑުމެންގެ އިމްތިހާނުގެ ނިޒާމުންވެސް ރިފްލެކްޓްވާން އެބަޖެހޭކަމަށެވެ. މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރެވެމުންދަނީ އެކި ބާވަތުގެ ފޯމިއުލާތައް ބޭނުންކޮށް، މި ކަންތައްތަކަށް ރިޢާޔަތްކޮށް، އިމްތިހާނު ބެލެހެއްޓުމުގެ ނިޒާމެއްގެ ތެރެއިން ޔުނިވަރސިޓީއަށް ތަޖުރިބާ އިތުރަށް ފުރިހަމަކުރެވޭނެ ގޮތްތައް އެކަށައެޅުމަށް މަސައްކަތް ކުރަމުންނެވެ. ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކޮށްލަން ބޭނުންވަނީ، ހާމަކަން ބޮޑުކަމާއި އިންސާފުވެރިކަމާއެކު ކަންކަން ކުރުމަށް، އަޅުގަނޑުމެންގެ އިމްތިހާނު ކުރިއަށް ގެންދާ ޕްރޮސެސްގެ މައްޗަށް އިތުބާރު ބިނާކުރުމަކީ އަޅުގަނޑުމެންގެ މައިގަނޑު އެއް އުސޫލުކަމަށެވެ. އެގޮތުން ކޮންމެ ދަރިވަރަކަށްވެސް އެދަރިވަރެއްގެ ޤާބިލުކަމާއި ހުނަރު ދައްކައިދިނުމުގެ ހަމަހަމަ ފުރުޞަތު ލިބިދޭނެކަން ކަށަވަރުކުރުމަށް އަޅުގަނޑުމެން ގަދައަޅައި މަސައްކަތްކުރާކަމެކެވެ. އަދި ދަރިވަރުންގެ ކަންކަން ރަނގަޅުކުރުމަށްޓަކައި ސްޓާފް ކެޕޭސިޓީއާއި އޮޕަރޭޝަނަލް ރެޒިލިއަންސް ބިނާކުރުމަކީވެސް ވަރަށް އަހަންމިއްޔަތުކަން ދޭނެކަމެކެވެ. ކޮންމެ ކާމިޔާބު އިމްތިހާނެއްގެ ފަހަތުގައިވެސް ވަނީ ޚާއްޞަ ޓީމެއްގެ މަސައްކަތް، އަޅުގަނޑުމެންގެ އަމާޒަކީ މުވައްޒަފުންގެ ތަމްރީނާއި ހުނަރު އިތުރުކުރުން އަދި އެކި ދާއިރާތަކުގެ މެދުގައި އެއްބާރުލުން، އިތުރުކުރުމަށް މަސައްކަތްކުރުމެވެ. މުއައްސަސާގެ ތަޖުރިބާއާއި ހިންގުމުގެ ދެމެހެއްޓެނިވިކަން ބިނާކޮށް އަޅުގަނޑުމެން ވަކިވަކި މަޢުލޫމާތުތަކެއް ވަސީލަތްތަކަށް ބަރޯސާވުން މަދުކޮށް ކުރިމަގުގައި ކުރިމަތިވެދާނެ ބަދަލުތަކަށް ތައްޔާރުވުމެވެ. މީގެ އިތުރުން އިދާރީ ގޮތުން ދިމާވާ ގޮންޖެހުންތައް ކުޑަކުރުމަށްޓަކައި އެކި ޑިޕާޓްމަންޓުތަކުގެ މެދުގައި ކުރާ މުޢާމަލާތްތައް ހަރުދަނާކޮށް، މަސްއޫލިއްޔަތުތައް އިތުރަށް ސާފުކޮށް ކަނޑައެޅުމަށް އިސްކަންދެވޭނެ ވާހަކަ” ވިދާޅުވިއެވެ.

އަލްފާޟިލާ ނަހުޒާ ޝަރީފްގެ ދިގު ތަޖުރިބާއާއި ތަޢުލީމީ ދާއިރާގައި ކުރައްވާފައިވާ މަސައްކަތްތަކުގެ ސަބަބުން، ޤައުމީ ޔުނިވަރސިޓީގެ އިމްތިހާނުތަކުގެ ނިޒާމަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

Related Posts