ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފޮތް ލިޔުމަށް ދެވޭ ގްރާންޓް އަދި ރިސާޗް ގްރާންޓްސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު 26 މޭ 2025 ވީ ހޯމަ ދުވަހު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ބާއްވައިފިއެވެ.
ފޮތް ލިޔުމަށް ދެވޭ އެވޯޑް
ފޮތްތެރިކަން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުމަށް، ޔުނިވަރސިޓީން ތަޢާރަފު ކުރި “ބުކް ރައިޓިންގ ގްރާންޓްސް”، 1 ފަރާތަކަށް ހަވާލް ކޮށްފައިވެއެވެ. މިފަހަރުގެ ބުކް ގުރާންޓްގައި ޖުމްލަ 43،500ރ ގްރާންޓްގެ ގޮތުގައި ދޭން ނިންމުނެވެ.
ބުކް ގްރާންޓްސް ލިބުނު ފަރާތް
– އިބްރާހިމް އާދަމް
“އެސްޕީއެސްއެސްގެ އެހީގައި ޑޭޓާ ތަހުލީލުކުރުމާއި އިންޓަޕްރިޓްކުރުން؛ ފިޔަވަޅަކަށްފަހު ފިޔަވަޅެއް”
ރިސާރޗް ގްރާންޓްސް
ޔުނިވަރސިޓީގައި ރިސާރޗް މާހައުލެއް ޤާއިމް ކުރުމަށާއި، އެކެޑެމިކް މުވައްޒަފުންނަކީ ރިސާރޗަށް އަހުލުވެރި ބަޔަކަށް ހެދުމަށް އެހީތެރިވުމުގެ ގޮތުން ޔުނިވަރސިޓީގެ ބަޖެޓްގައި ހިމަނައިގެން 2014 ވަނަ އަހަރުން ފެށިގެން ރިސާރޗް ގްރާންޓް ދިނުމަށް ޔުނިވަރސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
ޔުނިވަރސިޓީގެ ކޮންމެ މުވައްޒަފަކަށް ވެސް އެމީހަކު ހިންގަން ބޭނުންވާ ރިސާރޗް ޕްރޮޖެކްޓަކަށް ފައިސާގެ އެހީ ހޯދުމަށް އެދެވިދާނެއެވެ. އަދި މަތީ ޑިގްރީއަށް ކިޔަވާ ފުލްޓައިމް ދަރިވަރުންނަށް ވެސް ފައިސާގެ އެހީއަށް އެދެވިދާނެއެވެ. ރިސާރޗް ގްރާންޓް ދެވޭނީ ހުށަހަޅާ ޕްރޮޕޯޒަލްތައް ރިސާރޗް ގްރާންޓްސް ކޮމިޓީން، ކަނޑައެޅިފައިވާ މިންގަނޑުތަކަށް ބިނާކޮށް، ފެންވަރު ވަޒަން ކުރުމަށްފަހު ހޮވޭ ޕްރޮޖެކްޓްތަކަށެވެ. މިފަހަރުގެ ރިސާރޗް ގްރާންޓްއަށް ޖުމްލަ 215،700ރ ގްރާންޓްގެ ގޮތުގައި ދޭން ނިންމުނެވެ.
ރިސަރޗް ގްރާންޓްސް ލިބުން ފަރާތްތައް
Develop and Evaluate the Effectiveness of a Mobile App for Acquisition of Triage Knowledge and Skill in undergraduate Nursing Students
Investigation of the use, attitude and adoption of Generative AI in teaching and learning law in the Maldives: A mixed method study
Navigating the Future: Insights on Telenursing from Undergraduate Nursing Students in the Maldives