ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފިޝަރީޒް ކޮލެޖުގެ އައުޓްރީޗް ސެންޓަރ ޤާއިމުކޮށް، ހިންގުމަށްޓަކައި ގއ.ކޮލަމާފުށިން ދޫކޮށްފައިވާ ބިން ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތް ބާއްވާފިއެވެ. މިހަފްލާއަށްވަނީ މިނިސްޓަރ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއަރ އަދި ތޮންޑޫ ކައުންސިލްގެ އިސްވެރިން ވަޑައިގެންފައެވެ. މި އެއްބަސްވުމުގައި ގއ.ކޮލަމާފުށީ ކައުންސިލުގެ ފަރާތުން ސޮއިކުރެއްވީ، އެ ކައުންސިލުގެ ރައީސް އިބްރާހީމް ވަޙީދު، އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ ފަރާތުން ސޮއިކުރެއްވީ، ވައިސް ޗާންސެލަރ ޑރ . ޢާއިޝަތު ޝެހެނާޒް އާދަމް އެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ކޮލަމާފުށީ ކައުންސިލާ ދެމެދު ގިނަ މަޝްވަރާ ތަކަކަށްފަހު ވެގެންދާ މި އެއްބަސްވުމުގެ ސަބަބުން ކޮލަމާފުށީގެ ބިނާވެގެންދާ ފިޝަރީޒް ކޮލެޖުގެ އައުޓްރިޗް ސެންޓަރ ވެގެންދާނީ ކޮލަމާފުށްޓަށާއި، މުޅި ހުވަދޫއަށް ކުރިއެރުން ގެނުވައިދޭނެ ބޮޑު މަޝްރޫއެކަށެވެ. ފަނަރަ ހާސް އަކަފޫޓުގައި ޤާއިމު ކުރާ އައުޓްރީޗް ސެންޓަރުން ދިރާސާތައް ކުރެވި، ދަރިވަރުންނަށް ޢަމަލީ ތަޖުރިބާ ލިބި، އަދި ބައިނަލްއަގުވާމީ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިގެންދާނެއެވެ. މި މަޝްރޫއެގެ ސަބަބުން އިޤްތިޞާދީ ގޮތުންނާއި އިޖްތިމާޢީ ގޮތުން އަދި ތިމާވެށީގެ ގޮތުން ވެސް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، ކޮލަމާފުށި އަދި މުޅި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް ކުރިއެރުން ތަކެއްލިބިގެންދާނެއެވެ.