މުޅިންހިލޭ ބައިވެރިވެވޭ، އާއްމުންގެ ތަރުހީބު ބޮޑު އެމް.އެން.ޔޫ.ގެ ފޮތް ބާޒާރު ސެޕްޓެމްބަރު މަހު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ސެޕްޓެމްބަރ މަހުގެ 12ން 14 އަށް ޔުނިވަރސިޓީގެ މައިމަރުކަޒުގައި “އެމް.އެން.ޔޫ. ފޮތް މައުރަޒު” ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް 16:00 ން 18:00ރ އަދި ރޭޭގަނޑު 22:00 – 20:00-  އަށްށެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ފޮތް މައުރަޒަކީ ފޮތް އުފައްދާމީހުންނާއި ވިއްކާމީހުންނާއި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. ކުރިއަހަރުތަކޭ އެއްފަދައިން  ފޮތް މައުރަޒަށް ލިބުނު ތަރުޙީބުގެ ބޮޑުކަމުން ފޮތް މައުރަޒު 2024 ބޭއްވުމަށް ނިންމާފައިވާކަން ވަރަށް އުފަލާއެކީ ފާހަގަ ކުރަމެވެ.

މަޤްޞަދު   :

  • ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން
  • ޕަބްލިޝް/ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން
  • ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުން
  • ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން

އެމް.އެން.ޔޫ. ފޮތް މައުރަޒުގައި ބައިވެރިވުން މިފަހަރުވެސް ހުޅުވާލެވިފައިވަނީ އެއްވެސް ފީއެއް ނުނަގާ މުޅިން ހިލޭ ސާބަހަށެވެ. ޤައުމީ ޔުނިވަރސިޓީން ދަނީ މިފަހަކަށް އައިސް މިކަހަލަ ވަރަށް ގިނަ ހަރަކާތްތަކެއް ޤައުމު ބިނާ ކުރުމަށްޓަކައި އެކި އެކި ނަންނަމުގައި ބާއްވަމުންނެވެ