ދިވެހިރާއްޖޭ ޤައުމީ ޔުނިވާސިޓީ ފެކަލްޓީ އޮފް އާރޓްސްގެ ވިޝުއަލް އާރޓްސް ކުދިން ރާވައިގެން ކުރިއަށްގެންދާ އާރޓް ގެލެރީ (ރެދަން) ހުޅުވުން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވިޝުއަލް އާޓްސް ދަރިވަރުން ހުށަހަޅާ ރެދަން އާޓް އެގްޒިބިޝަން އަކީ، ދަރިވަރުންގެ މަސައްކަތްތައް ދައްކުވައިދޭ މިބާވަތުގެ ފުރަތަމަ އެގްޒިބިޝަނެވެ. މި އެގްޒިބިޝަން އާންމުންނަށް ހުޅުވުމަށް ހަމަޖެހެފައިވަނީ 21، 22، 23، އަދި 24 ނޮވެންބަރ 2024ގައެވެ. ރެދަން އެގްޒެބިޝަންގެ މަޤްޞަދަކީ އުނގެނުމަށާއި ކުރިއެރުމަށް އަމާޒުކޮށްފައިވާ ފަންނާނުންނަށް އިލްހާމު ލިބޭފަދަ މާޙައުލެއް ޤާއިމުކުރުމެވެ. މި މުހިންމު މަސައްކަތަކީ ފަންނުވެރި ތަޢުލީމުގެ މުހިންމުކަން ފާހަގަކުރުމާއެކު ދަރިވަރުންގެ އަގުހުރި ހުނަރުތައް ދައްކުވައިދިނުމަށް ފަރުމާކުރެވިފައިވާ މަސައްކަތެކެވެ.

ދިވެހިރާއްޖޭގައި ފަންނުވެރިކަމުގެ މުހިންމުކަމާއި އަދި އެކި ވަޒީފާގެ ދާއިރާތަކުގައި ފަންނުވެރިކަން ބޭނުންކުރެވޭ ގޮތްތަކާމެދު އިތުރަށް ހޭލުންތެރިވުމެއެވެ. ދަރިވަރުން އެމީހުންގެ އުފެއްދުންތައް ދައްކުވައިދިނުމުގެ ސަބަބުން، ފަންނުވެރިކަމުގެ ދުނިޔޭގައި އެމީހުންނަށް ލިބެންހުރި ގިނަގުނަ ވަޒީފާގެ ފުރުޞަތުތަކާ ބެހޭގޮތުން އަގުހުރި ތަޖުރިބާއާއި މަޢުލޫމާތު ލިބިގަނެއެވެ. މިއީ ފަންނުވެރިކަމުގެ ދާއިރާގައި ކެރިއަރއެއް ބިނާކުރަން ބޭނުންވާ މީހުންނަށް ކުރިއަށްދިއުމަށް އެޅޭ ފިޔަވަޅެކެވެ. އަދި މި ދާއިރާގައި ލިބެންހުރި ތަޢުލީމީ ފުރުޞަތުތައް ފާހަގަކޮށްދޭ ކަމެކެވެ.