ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން އިންތިޒާމްކޮށްގެން ހިންގާ ދިވެހީންގެ ތެރެއިން ކާބޯތަކެތި އުފައްދާ މީހުންނާއި ވިއްކާ މީހުންނާއި ގަންނަ މީހުންގެ ބާޒާރު ހުޅުވާލައިފިއެވެ. މި ބާޒާރު ކުރިއަށް ދާނީ 13 ން 14 ފެބުރުވަރީ 2025 އަށް ބުރާސްފަތި ދުވަހަކު 11:00 ން 22:00 އަދި ހުކުރު ދުވަހު 16:00 ން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.
މި ބާޒާރުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ދިވެހީންގެ ތެރޭގައި ތިބި ކާބޯތަކެތި އުފެއްދުންތެރިން އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން ހިމެނެއެވެ. އަދި މީގެ އިތުރުން އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އައު ކާބޯތަކެތީގެ ބްރޭންޑްތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނެ މާޙައުލެއް އަދި ކާބޯތަކެތި ވިއްކުމަށް ބޭނުންވާ ދިވެހި އުފެއްދުންތެރިންނަށް އެފުރުސަތު ފަހި ކޮށްދި އެފަދަ މާޙައުލެއް އުފެއްދުމަކީވެސް މި ބާޒާރުގެ މަޤްޞަދެކެވެ.
ތަފާތު އެކި ވިޔަފާރިތަކުންނާއި އަމިއްލަ ބައެއް ފަރާތްތައް ހިމެނޭ ގޮތަށް 10 ފަރާތަކުން ވަނީ ބައިވެރި ވެފައެވެ. އަދި މި ފެސްޓިވަލްގައި 300އަށް ވުރެއް ގިނަ ވައްތަރުތަކުގެ ކާބޯތަކެތި ލިބިގެންދާނެއެވެ. އެމް.އެން.ޔޫ ފަހި ސުފުރާ / އެމް.އެން.ޔޫ ފުޑް ފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ ހުޅުވާލެވިފައިވާނެއެވެ. ޔުނިވަރސިޓީގެ ސްޓާފުންނާއި ދަރިވަރުންގެ ސްޓޯލްތަކެއްވެސް މި ފެސްޓިވަލްގައި ހިމެނިގެން ދާނެ އެވެ.