އެމް.އެން.ޔޫ ފޮތް މައުރަޒު 2025 ހުޅުވާލައިފި

މިއަދު ބޭއްވުނު އެމް.އެން.ޔޫ ފޮތް މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީ.އީ.އޯ ފިޒާނާ ރަޝީދުއެވެ. މި އިވެންޓްގައި 1800އަށް ވުރެ ގިނަ ތަކެތި ދައްކާލެވިގެންދާއިރު، މީގެ ތެރޭގައި އެކިކަހަލަ ތަފާތު ފޮތްތަކާއި، އިލްމްއުގެނުމަށް ބޭނުންކުރާ ތަކެތީގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ގޭމްސްތައްވެސް ރޭވިފައިވެއެވެ.

ފޮތް މައުރަޒު ކުރިއައްދަނީ ސެޕްޓެމްބަރ މަހުގެ 11ން 13އަށް ޔުނިވަރސިޓީގެ، ބީ-ބުލޮކް، ޕީއީ ހޯލްގައެވެ. މި މައުރަޒު ކުރިއަށްދާނީ ކޮންމެ ދުވަހެއްގެވެސް 16:00 ން 18:00 އަދި ރޭގަނޑު 20:00 ން 22:00 އަށެވެ. އެމް.އެން.ޔޫ އިން ބާއްވާ ފޮތް މައުރަޒަކީ، ފޮތް އުފައްދާމީހުންނާއި، ވިއްކާމީހުންނާއި، އަދި ގަންނަމީހުންގެ ބާޒާރެކެވެ. މި މައުރަޒަކީ ދިވެހި ލިޔުންތެރީން ތަފާތު ބަސްތަކުން ލިޔެފައިވާ ފޮތްތައް ކިޔުންތެރީންނާ ހަމައަށް ފޯރުކޮށްދޭން ދެވޭ ފުރުޞަތެކެވެ. ކުރިއަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ފޮތްމައުރަޒަށް ވަނީ ވަރަށް  ބޮޑު ތަރުޙީބެއް ލިބިފައެވެ. މިއަހަރު 40 ފަރާތަކުން ވަނީ މި މައުރަޒުގައި ބައިވެރިވެފައެވެ.

ފޮތް މައުރަޒުގެ މަޤްޞަދު   :

  • ދިވެހި ލިޔުންތެރިންނަށް އެ ފަރާތްތަކުގެ ހުނަރު އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދިނުން
  • ޕަބްލިޝް/ޝާއިޢު ނުކުރެވި ހުރި އައު ފޮތް ފަދަ އާލާތްތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން
  • ފޮތަށް އަހުލުވެރިކުރުވުމާއި ފޮތް ކިޔުމުގެ އާދަ އުފައްދާ ދެމެހެއްޓުމުގެ ޝަޢުގު އުފެއްދުން
  • ފޮތް ވިއްކުމަށް ބޭނުންވާ ލިޔުންތެރިންނަށް އެފުރުސަތު ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން

Related Posts