އެފްއޭ އިމަރޖިންގ ރިސާޗަރސް ފޯރަމްގެ ފުރަތަމަ ބައްދަލުވުމުގެ ކުރު ތައާރަފެއް
މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ދިރާސާ ދަރިވަރުންގެ ސިލްސިލާ މަޝްވަރާ ބައްދަލުވުންތައް މިއަދު ފެށިއްޖެއެވެ.
މިއީ، މި ފެކަލްޓީގައި މަތީ ދަރަޖައިގެ ދިރާސާ ކޯސްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް މިފަދަ ސިލްސިލާ ފޯރަމެއް ތައާރަފުކުރެވުނު ފުރަތަމަ ފަހަރެވެ. މި ސެޝަނުގައި 6 ދިރާސާވެރިން ބައިވެރިވެ، ދެ ދަރިވަރެއްގެ ހުށަހެޅުން ކުރިއަށްގެންދެވުނެވެ. އެއް ހުށަހެޅުމަކީ ދާދިފަހުން ޕީއެޗްޑީ ކެންޑިޑެސީ ޑިފެންސް ފުރިހަމަކުރި ދަރިވަރެއްގެ މިހާރުގެ މަސައްކަތް ކުރިއަށްދާ ގޮތާއި، ދިރާސާގެ ޢިލްމީ ހޯދުންތަކުގެ ހުށަހެޅުމެވެ. ދެވަނަ ހުށަހެޅުމަކީ، ޕީއެޗްޑީ ފިކުރާތު ހުށަހެޅުމުގެ އެންމެ ފަހު މަރުހަލާއާ ކައިރިވަމުން އަންނަ ދަރިވަރެއްގެ ހުށަހެޅުމެކެވެ. މި ދަރިވަރުންގެ ހުށަހެޅުންތަކުން، ދިރާސާ ދަތުރުގެ އެކި މަރުހަލާތަކުގެ އަގުހުރި ވިސްނުންތަކެއް ލިބި، ޢިލްމީ މަޝްވަރާތަކެއް ކުރިއަށްގެންދިއުމަށް މަގުފަހިކޮށްދިނެވެ.
މި ފޯރަމްގެ މަގުސަދަކީ ދަރިވަރުންގެ ކުރިއެރުން ހިއްސާކޮށް، އެކަކު އަނެކެއްގެ ތަޖުރިބާތަކުން ދަސްކޮށް، ދިރާސާވެރިންގެ ގޮތުގައި ކުރިއަރާނެ އެކުވެރި ޢިލްމީ މުޖުތަމައެއް (‘ރިސާޗް ކޮމިއުނިޓީ’އެއް) އުފެއްދުމެވެ.
ކުރިއަށް އޮތް ސެޝަންތަކުގައި، ދިރާސާގެ ސުޕަވައިޒަރުން ވެސް ޝާމިލުވާނޭ ގޮތަށް، މާނަހުރި އެތައް ވާހަކަތަކަކާއި މުއްސަނދި ދިރާސާ ބަދަލުވުންތަކަކަށް އަޅުގަނޑުމެން އިންތިޒާރު ކުރަމެވެ!
A glimpse of the first FA Emerging Researchers Forum
The Faculty of Arts, The Maldives National University, launched its Emerging Researchers Forum today, a new initiative designed specifically for Higher Degree by Research (HDR) students to share their research journeys, exchange ideas and learn from one another in a friendly and supportive academic environment.
Our first session featured two student presentations: one by a student who had recently completed the candidacy defense and another by a student approaching the final stage of thesis submission. Their presentations offered valuable insights into different stages of the research journey and set the stage for engaging scholarly discussions.
The forum aims to foster a collegial research community where students can share their progress, learn from each other’s experiences, and grow as researchers.
We look forward to many more meaningful conversations and enriching research exchanges in the sessions ahead!