އެމް.އެން.ޔޫ. ފަހި ފުރުސަތު (އެމް.އެން.ޔޫ ޖޮބް ފެސްޓިވަލް)

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން މި ނޮވެމްބަރ މަހުގެ 14 ން 15 އަށް ޔުނިވަރސިޓީގެ މައިމަރުކަޒުގައި “އެމް.އެން.ޔޫ. ފަހި ފުރުސަތު” (އެމް.އެން.ޔޫ. ޖޮބް ފެސްޓިވަލް) އެމް.އެން.ޔޫ. ދަސްވެނިވާ ދަރިވަރުންނަށާއި އާއްމުންނަށް ހުޅުވާލައިގެން ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި އިވެންޓު ކުރިއަށްދާނީ އެ ދެދުވަހުގެ ހަވީރު 16:00 ން 18:00 އަދި 20:00 ން 22:00 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު އަދި ކެމްޕަސް ތަކުގައެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ބާއްވާ ވަޒީފާ މައުރަޒަކީ ދިވެހިރާއްޖޭގައި ވަޒީފާ އުފައްދާ ފަރާތްތަކާއި، ވަޒީފާ ދޭ ފަރާތްތަކާއި، ދަސްވެނިވަމުންދާ ދަރިވަރުންނާއި ވަޒީފާ ހޯދާފަރާތްތަކާއި އެކި ކަހަލަ ފަންނީ ހުނަރުވެރި ދާޢިރާތަކުން ކުރިއަށްދާން ބޭނުންވާ ފަރާތްތަކާއި ގުޅުވާލަދޭ ބާޒާރެކެވެ. އެމް.އެން.ޔޫ ފަހި ފުރުޞަތު / އެމް.އެން.ޔޫ ޖޮބްފެސްޓިވަލަށް ވަނުމުގެ ފުރުސަތު ހުރިހާ އާންމުންނަށް ހިލޭ (‘ފުރާތަ – މުޖުތަމައަށް އަނބުރާ ދިނުން’ ‘Giving back to society’ ޝިއާރުގެ ދަށުން) ހުޅުވާލެވިފައިވާނެއެވެ.

މަޤްޞަދު:

  •         ދިވެހިރާއްޖޭގައި އެކިކަންކޮޅުތަކުގަޔާއި މާލޭގައި ހުރި ވަޒީފާގެ ފުރުޞަތުތަކާއި އެކި މުއައްސަސާތަކުގައި ހުރި ތަފާތު އެކިކަހަލަ އާމްދަނީ ނުވަތަ މަސައްކަތުގެ ތަޖްރިބާ ލިބޭނެފަދަ ފުރުޞަތުތައް އާންމުންނަށް ދައްކާލެވޭނޭ ފުރުޞަތު ތަނަވަސްކޮށްދެވޭނެ ފަދަ މާޙައުލެއް ޤާއިމު ކޮށްދިނުން.
  •         އާންމުންނާއި ހިސާބަށް އެހާ ބޮޑަށް ފޯރުކޮށްނުދެވިހުރި އެކި ކަހަލަ ފުރުޞަތުތައް ބްރޭންޑުތައް ނުވަތަ ވައްތަރުތައް އާންމުންނާ ހަމައަށް ގެނެސް ދެވޭނޭ މާޙައުލެއް އުފެއްދުން.
  •       ދިވެހިރާއްޖޭގައި ހުރި އެކިހަކަލަ ސިނާއީ ފުރުޞަތުތަކާއި މިއާއި ގުޅޭނެފަދަ ކަންކަމަށް ހުނަރުވެރިން ބިނާކުރުމަށް އަހުލުވެރިކުރުވުމާއި މިފަދަ ކަންތައްތަކަށް ޝައުޤުވެރިކަން އުފައްދާ ދެމެހެއްޓުމަށް ބާރުއެޅުން.
  •         ވަޒީފާގެ ބާޒާރަށް ބޭނުންވާ ހުނަރުވެރި އުފެއްދުންތެރިންނަށް އެފަދަފުރުޞަތެއް ޔުނިވަރސިޓީގެ ތެރެއިން ފަހިކޮށްދީ އެފަދަ މާޙައުލެއް އުފެއްދުން.

މި އަހަރު މޭ މަހު ބޭއްވި އެމް.އެން.ޔޫ. ފަހި ފުރުސަތު (އެމް.އެން.ޔޫ ޖޮބްފެސްޓިވަލް) ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބޮޑެތި ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ހިމެނޭ ގޮތަށް 40 އަށް ވުރެ ގިނަ ފަރާތަކުން ވަނީ ބައިވެރި ވެފައެވެ.

މި ފަހަރުގެ އެމް.އެން.ޔޫ. ފަހި ފުރުސަތު (އެމް.އެން.ޔޫ ޖޮބްފެސްޓިވަލް) ގައި ބައިވަރިވާން ބޭނުންވާ ކުންފުނިތަކާއި ސަރުކާރުގެ މުއައްސަސާތައް ތިރީގައިވާ ލިންކް މެދުވެރިކޮށް 01 ނޮވެމްބަރ 2024 ވާ އާދިއްތަ ދުވަހުގެ 23:59 ގެ ކުރިން ފޯމް ހުށައެޅުން އެދެމެވެ.

ފެސްޓިވަލްގައި ބައިވެރިވުމަށް (ވަޒީފާ ދޭ ފަރާތްތައް) ހުށައަޅާ ފޯރމު ލިންކް : https://bit.ly/3BXfJeK