
ޝިއުނާ އަޙްމަދަކީ 2005 ވަނަ އަހަރުން ފެށިގެން ތަޢުލީމީ ދާއިރާގައި ޚިދުމަތް ކުރައްވަމުން އަންނަ ބޭފުޅެކެވެ. އޭނާ ވަނީ 2009 ވަނަ އަހަރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީން ދިވެހިބަހުގެ ފުރަތަމަ ޑިގްރީ ހާސިލުކުރެއްވުމަށްފަހު، 2016 ވަނަ އަހަރު ބަހާއި ސަގާފަތުގެ ދާއިރާއިން މާސްޓަރސް ޑިގްރީ ފުރިހަމަކުރައްވާފައެވެ. ތަޢުލީމީ ދާއިރާގައި ހޭދަކުރެއްވި 21 އަހަރުގެ ތެރޭގައި ޝިއުނާގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ޚާއްޞަކުރައްވާފައިވަނީ ދިވެހިބަސް އުނގަންނައިދެއްވުމަށާއި، ބަހާ ގުޅުންހުރި ދިރާސީ އަދި ފަންނީ މަސައްކަތްތައް ކުރެއްވުމަށެވެ.
ޝިއުނާއަކީ މިހާރު ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގައި ދިވެހިބަހާއި، ބަހަވީ ޢިލްމު އަދި ބަހުގެ އަދަބިއްޔާތު ފަދަ މާއްދާތައް ކިޔަވައިދެއްވާ ސީނިއަރ ލެކްޗަރަރއެކެވެ. މީގެއިތުރުން، ދިވެހިބަހުގެ އެކެޑެމީގެ ގަވާއިދު ކޮމިޓީގެ މެންބަރެއްގެ ހައިސިއްޔަތުން ވެސް އޭނާ ދަނީ ޚިދުމަތް ކުރައްވަމުންނެވެ.
ދިރާސާކުރެއްވުމުގެ ދާއިރާއަށް ބަލާއިރު، ދިވެހިބަހާއި، ބަހުރުވަތަކާއި، ފޯކްލޯރާއި، ސަގާފަތުގެ އިތުރުން ތަޢުލީމީ ދާއިރާއާ ގުޅުންހުރި ތަފާތު މައުޟޫޢުތަކަށް ދިރާސާތައް ކުރައްވައި ޝާއިޢުކުރެއްވުމުގެ އިތުރުން، ދިރާސާކުރާ ދަރިވަރުންނަށް ފަންނީ ލަފާ ދެއްވާކަން ވެސް ފާހަގަކުރެވެއެވެ. އޭނާގެ ބައެއް ދިރާސާތައް އެކަޑެމިކް ޖާނަލްތަކުގައި ޝާއިޢުކުރެވިފައިވާ އިރު، އޭނާއާއި އެކުވެރި ދިރާސާވެރިންގެ ބައިވެރިވުމާ އެކު ހައްދަވާފައިވާ ދިރާސާއެއް ފޮތެއްގެ ސިފައިގައި ވެސް ވަނީ ޝާއިޢުކޮށްފައެވެ.
ޝިއުނާ އަޙްމަދަކީ ލިޔުންތެރިކަން ކުރިއެރުވުމަށް ޚާއްޞަ ޝައުޤުވެރިކަމެއް ބަހައްޓަވާ ބޭފުޅެކެވެ. އެގޮތުން، ތަފާތު ނޫސް މަޖައްލާތަކަށާއި އޮންލައިން ނޫސްތަކަށް ދިވެހިބަހުން އާޓިކަލްތައް ލިޔުއްވާފައިވެއެވެ. މީގެއިތުރުން، ތަރުޖަމާކުރުމާއި، ޕްރޫފްރީޑްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، ތަފާތު ރޭޑިއޯ ޕްރޮގްރާމްތައް ތައްޔާރުކުރައްވައި ހުށަހެޅުއްވުން ފަދަ އިޖުތިމާޢީ އަދި ފަންނީ މަސައްކަތްތައް ވެސް އޭނާ ދަނީ ކުރައްވަމުންނެވެ.
Master of Dhivehi Language And culture – Maldives National University 2016 Bachelor of Arts in Dhivehi Language and culture – Maldives National University 2009 Diploma of teaching Secondary – Maldives College of higher Education – 2004
Folklore, Education, Language & Dialect
ދިވެހިބަހުން މުޢާމަލާތުކުރުން: ދިވެހި ދަރިން ދިވެހިބަހާމެދު ދެކޭގޮތާއި ބަސް އިޚްތިޔާރުކުރާގޮތާއި ދިވެހި ބަހުގެ ޤާބިލުކަނ . މި ދިރާސާ ހެދުމުގެ މަސައްކަތް މިންކުރާގޮތް (އެމް. އެން ޔޫ ގްރާންޓްގެ ދަށުން ހަދަމުންދާ) ކޯ އިންވެސްޓިގޭޓަރ
Dhivehi Language, Globalization , Socio linguistics
– ކޮރޯނާ ވައިރަހާއެކު ދިވެހި ބަހަށް ތަޢާރަފްކުރެވުނު އާ ބަސްކޮށާރު ބޭނުންކުރެވޭ މިންވަރާއި ބޭނުންކުރެވޭ ގޮތް 2021 – ހައްދުންމަތީގައި ވާހަކަދައްކާ އުޅެނީ ދިވެހި ބަހުގެ ބަހުރުވައަކުން ހެއްޔެވެ؟ ނުވަތަ ވެރައިޓީއަކުން ހެއްޔެވެ ؟
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ކަރިކިޔުލަމް ކޮމިޓީގެ މެންބަރުކަން، އެކެޑެމިކް ރިވިއު ކޮމިޓީގެ މެންބަރުކަން، ފެކަލްޓީ ކޮލިޓީ މެނޭޖްމަންޓް ކޮމިޓީ، އެފް އޭ ސްޓާފް ކްލަބް އެކްސްކޯ މެންބަރުކަން
o 2024 (7 ވަނަ ICT ކޮންފަރެންސް): ދިވެހި ޑްރާމާތަކުގެ ތެރެއިން މުޙައްމަދު ޖަމީލުދީދީގެ ޑްރާމާތަކުގައި ބަލާޣާތާއި އަދަބީ ޒައުޤު އުފެއްދުމަށް ބޭނުންކޮށްފައިވާ އަދަބީ އުކުޅުތައް.
o 2024 (ތެވެލި ކޮންފަރެންސް): ދިވެހި ފޯކްލޯރތަކުގައި ފިރިހެނުން ސިފަކޮށްދީފައިވާ ގޮތް.
o 2023 (ތެވެލި ކޮންފަރެންސް): ދިވެހި ފޯކްލޯރތަކުން ފެންނަ ދިވެހި އަންހެނުންގެ ސިފަތައް.
o 2022 (ތެވެލި ކޮންފަރެންސް): މަލްޓި ގްރޭޑް ޓީޗިންގ: ރާއްޖޭގައި ތަންފީޒު ކުރެވޭ ގޮތާއި ދިމާވާ ގޮންޖެހުންތައް.
o 2022 (6 ވަނަ ICT ކޮންފަރެންސް): ދިވެހިރާއްޖޭގެ ޕްރައިމަރީ ސްކޫލްތަކުގައި މަލްޓި ގްރޭޑް ޓީޗިންގ ޕްރެކްޓިސް ކުރާ ގޮތް.
o 2022 (6 ވަނަ ICT ކޮންފަރެންސް): ކީ ސްޓޭޖް 1 ގައި ދިވެހި ބަސް ކިޔަވައިދިނުމުގައި ދިމާވާ ދަތިތައް: މުދައްރިސުންގެ ނަޒަރުން.
o 2021 (ތެވެލި ކޮންފަރެންސް): ކޮރޯނާ ވައިރަހާއެކު ދިވެހި ބަހަށް ތަޢާރަފްކުރެވުނު އާ ބަސްކޮށާރު ބޭނުންކުރެވޭ މިންވަރާއި ބޭނުންކުރެވޭ ގޮތް.
o 2021 (ތެވެލި ކޮންފަރެންސް): ހައްދުންމަތީގައި ވާހަކަދައްކާ އުޅެނީ ދިވެހި ބަހުގެ ބަހުރުވައަކުން ހެއްޔެވެ؟ ނުވަތަ ވެރައިޓީއަކުން ހެއްޔެވެ؟
ގައުމިއްޔަތު މާއްދާ ތަންފީޒުކުރުން: މުދައްރިސުން ދެކޭގޮތާއި ކުރިމަތިވާ ގޮންޖެހުންތައް (2026 ވަނަ އަހަރު ތެވެލި ކޮންފަރެންސްގައި ހުށަހަޅާފައި)
ގްރޭޑް 1ގެ ދިވެހި މަންހަޖު ތަންފީޒުކުރުން: ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ހުރި ހުރަސްތަކާއި އެ ކަންކަން ޙައްލުކުރުމަށް މުދައްރިސުން ހުށަހަޅާ އިސްތިރާޖުތައް. (2026 ވަނަ އަހަރު ތެވެލި ކޮންފަރެންސްގައި ހުށަހަޅާފައި)
ދިވެހި ބަހުގެ އެކެޑަމީގެ ގަވާއިދު ކޮމިޓީގެ މެންބަރުކަން، ޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަންގެ ފޮތް ޗެކްކުރާ ފަރާތެއްގެ ގޮތުގައި މަސައްކަތްކުރުން،
ފެކަލްޓީގައި ބާއްވާ ރަސްމިއްޔާތުތަކުގެ އެމްސީކަން ކުރުމާއި އެމް ސީން ތައްޔާރު ކުރުން، ސްކްރިޕްޓް ލިޔުން، ރަސްމިއްޔާތުތަކުގައި ވާހަކަދައްކާ ކުދިން ތައްޔާރުކުރުން
ގައުމީ ވާހަކަލިޔުމުގެ މުބާރާތުގެ އިސް ފަޑިޔާރުންގެ ޓީމުގައި ހިމެނޭ މޮޑަރޭޓަރެއް
ދިވެހި ބަހަށާއި ދިވެހި ބަހުގެ ޤަވާޢިދަށް އަހުލުވެރި ކުރުމަށް އެކެޑެމީގެ ފަރާތުންނާއި އަމިއްލަ ގޮތުން އޮފީސްތަކަށް ގޮސް ސެޝަންތައް ނަގައިދިނުން
ދިވެހި ބަހަށާއި ދިވެހި ބަހުގެ ޤަވާޢިދަށް އަހުލުވެރި ކުރުމަށް ސްކޫލުތަކުގެ ދަރިވަރުންނަށާއި މުދައްރިސުންނަށް ސެޝަންތައް ނަގައިދިނުން
ލެޓްސް ރީޑް ޕްލެޓްފޯމުގެ ތަރުޖަމާ ކުރާފޮތްތައް އެޑިޓް ކޮށް ޕަބްލިޝް ކުރުމަށް އެކަށޭނަ ފެންވަރަކަށް ގެނައުމަށް އެޑިޓަރެއްގެގޮތުގައި މަސައްކަތް ކުރުން
މާކެޓިންގ ދަތުރުގައި ބައެއް ރަށްރަށަށް ގޮސް ސެޝަން ނަގައިދިނުން
ޓްރެއިންނިންގ ޑިވެލޮޕްމެންޓްގެ ބައެއް ސެޝަންތައް ނަގައިދިނުން
ތެވެލި ކޮންފަރެންސްގައި ވޮލަންޓިއަރެއްގެ ގޮތުން މަސައްކަތް ކޮށްދިނުން
ތެވެލި ކޮންފަރެންސްގައި މޮޑަރޭޓަރެއްގެ ގޮތުން މަސައްކަތް ކޮށްދިނުން
އެމް ސީ ގައިޑެއްގެ ގޮތުގައި އަދި އެމް ސީ އެއްގެ ގޮތުގައި މަސައްކަތް ކޮށްދިނުން
ފެކަލްޓީގައި ބާއްވާ ރަސްމިއްޔާތުތަކުގެ އެމް ސީކަން ކުރުމާއި އެމް ސީން ތައްޔާރު ކުރުން، ސްކްރިޕްޓް ލިޔުން، ރަސްމިއްޔާތުތަކުގައި ވާހަކަދައްކާ ކުދިން ތައްޔާރުކުރުން
ބުކް ގްރާންޓަށް ހުށަހެޅޭ ފޮތްތައް އިވެލުއޭޓްކޮށްދިނުން
ރިސާރޗް ގްރާންޓަށް ހުށަހެޅޭ ބައެއް ރިސާޗްތައް އިވެލުއޭޓް ކުރުން
ތެވެލި ކޮންފަރެންސަށް ދިރާސާތަކުގެ އެބްސްޓްރެކްޓްތައް އިސްލާހުކޮށްދިނުން އަދި އެމް އެން ޖޭ އާރުގައި ޖަހާ ޖާރނަލް އާރޓިކަލްތަކުގެ ކުށް ކަނޑައިދީ ބަލައިދިނުން
ޔުނިވަރސިޓީގެ އޯޕެން ޑޭ ތަކުގައި ބައިވެރިވުން
އެމް އެން ޔޫ މާކެޓިންގ ދަތުރުތަކުގައި ބައިވެރިވުން
ޗީފް އިންވިޖިލޭޓަރެއްގެ ގޮތުގައި މަސައްކަތްކުރުން
ދިވެހި ބަހުގެ ގަވާއިދު ކޮމިޓީ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުން
ފޮތް ފާސްކުރާ ދަފުތަރުގެ މެންބަރެއްގެ ގޮތުގައި މަސައްކަތްކުރުން