ޖަމާޢަތުގައި ނަމާދު ކުރުން މެދުކެޑެން މެދުވެރިވި ވަބާތައް

Posted on 10-05-2020 at 19:31 in COVID-19 MNU UPDATES

mohamed-mansoor

މިއަދު މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ވަބާއެއްކަމުގައިވާ ( ކޮވިޑް 19 ) އާއި ގުޅިގެން މިވަނީ މުސްލިމުންގެ އެއްމެ މުޤައްދަސް ތަންތަންވެސް ބަންދުކުރަން ޖެހިފައެވެ. މާތްވެގެންވާ ދެ ހަރަމްފުޅާއި ދުނިޔޭގެ އިސްލާމީ ޤައުމުތަކުގެ ގިނަމިސްކިތްތައް މިވަނީ ބަންދުވެފައެވެ.

އަޅުގަނޑު މިލިޔުމުގައި ބަލާލާނީ ތަފާތު އެކި ވަބާތަކާއި ގުޅިގެން ބައެއް މިސްކިތްތަކުގެ ޖަމާޢަތް މެދުކެނޑިގެންގޮސްފައިވާ ތާރީޚުތަކަށާއި ތަންތަނަށެވެ.

18ހ (ފަލަސްޠީނުގެ ރަށެއް ކަމަށްވާ ” عمواس” ގައި ފެތުރުނު ވަބާ)

މިއަހަރުގައި ޝާމްކަރައިގެ ފަލަސްޠީނުގެ ރަށެއް ކަމަށްވާ ” عمواس”ގައި ޠާޢޫންގެ ބަލިމަޑުކަމެއް ފެތުރިގެން ދިޔައެވެ. އަދި ގިނަ އަދަދެއްގެ ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން މިބަލީގެ ސަބަބުން މިދުނިޔެ ދޫކޮށް ދިޔައެވެ. ތާރީޚު ލިޔުއްވުން ތެރިޔާابنالأثير(ت 630هـ)ލިޔުއްވުންތަކުން އެގިގެންދަނީ އެއިރު މުސްލިމުންގެ ޚަލީފާ ޢުމަރު ރަޟިޔަﷲ އަންހު މީސްތަކުންމަރުވާލެއް ގިނަކަމުން އެކަލޭގެފާނު މީސްތަކުންނަށް ދިރުންލިބިގެން ދަންދެން (އެބަލިން ނަޖާވެއްޖައުމަށް ދާންދެން) ގިތެލާއި ކިރު އަދި މަސް ފަރީނުކުޅެއްވުމަށް ﷲ ގަންދީ ހުވާކުރެއްވިކަމެވެ.

الإمامأحمد (ت 241هـ) – އެކަލޭގެފާނުގެمسند ގައި ގެންނަވާފައިވެއެވެ. އެއިރު ޝާމްކަރައިގައިވާ ލަޝްކަރުގެ ލީޑަރަކީ ﷲ އެބޭކަލަކަށް ރުއްސުންލެއްވި މާތް ޞަޙާބީ أبوعبيدةبنالجراح އެވެ. އެކަލޭގެފާނު ޠާޢޫން ބަލީގައި އަވަހާރަވެ ވަޑައިގައި ގަތެވެ. އެއަށްފަހު މުސްލިމުންގެ ލަޝްކަރުގެ ވެރިކަމާއި ޙަވާލުވެވަޑައިގަތީ ﷲ އެބޭކަލަކަށް ރުއްސުންލެއްވި މާތް ޞަޙާބީ معاذبنجبل އެވެ. އަދި މިކަލޭގެފާނުވެސް މިބަލީގައި އަވަހާރަ ވެވަޑައިގަތެވެ. ދެން މުސްލިމުންގެ ލަޝްކަރާއި ޙަވާލުވެވަޑައިގަތީ ﷲ އެބޭކަލަކަށް ރުއްސުންލެއްވި عمروبنالعاص އެވެ. އެކަލޭގެފާނު ޠާޢޫން ބަލިޖެހި އެތަކެއް ފުރާނަ ތަކެއް ގެއްލެމުންދާތީ މީސްތަކުންނަށް ދެއްވި ޚުޠުބާގައި ޠާޢޫން ބައްޔަކީ އަލިފާން ފެތުރޭހެން ފެތުރެމުންދާ ބައްޔެއް ކަމަށް ވިދާޅުވެ މީސްތަކުން ވަކިވަކިވެ ފަރުބަދަ ތަކުގެ މައްޗަށާއި ވާދީތަކަށް ދިޔުމަށް އިރުޝާދު ދެއްވިއެވެ. މިހިނދު އެކަލޭގެފާނުގެ މިވާހަކައާއި ޞަޙާބީ ބޭކަލުންގެ ތެރެއިންأبوواثلةالهذليދެކޮޅު ހެއްދެވިއެވެ. ދެން މީސްތަކުން عمروبنالعاص ގެ އިރުޝާދުގައި ހިއްޕަވައި ވަކިވަކި ވެގެން ފަރުބަދަތަކަށާއި ވާދީތަކަށް ދިޔައެވެ. އެހިނދު މިބަލި އެބޭކަލުންގެތެރެއިން ފިލާގެންދިޔައެވެ.
ތާރީޚީ އެހެން ރިވާޔަތްތަކަށް ނަޒަރުހިންގާލާއިރުعمروبنالعاصވިދާޅުވި ބަސްފުޅާއި ދެކޮޅު ހެއްދެވީ ޠާޢޫން ބަލީގައި އަވަހާރަވެ ވަޑައިގެންނެވި ޞަޙާބީ شُرحبيلبنحسنة އެވެ.
ދެން އޮތީ މިދުވަސްކޮޅު ޖަމާއަތުގައި ނަމާދާއި، ހުކުރު ނަމާދުކުރެވުނުތޯ ކުރޭ ސުވާލެވެ. މިސުވާލަށް ސީދާ ޞަރީޙަކޮށް ޖަވާބުދެވޭނެ މަޢުލޫމާތެއް މަސްދަރުތަކުން އަޅުގަނޑަކަށް ނުފެނުނެވެ. ނަމަވެސް މީސްތަކުން ވަކި ވަކިވެގެން ފަރުބަދަ ތަކުގެ ކުރިޔަށާއި ވާދީ ތަކަށް ދިޔުމުން އެބޭކަލުންނަކީ ރަށުގައި ޤާއިމުވެ ތިބި ބަޔަކަށް ނުވާނެވެ. އެހެން ކަމުން ޖަމާއަތުގައި ނަމާދާއި ހުކުރުނަމާދު ކުރެވުނުކަމަކަށް ނުބެލެވެއެވެ. واللهأعلم

395ހ (ތޫނިސް ގައި ފެތުރުނު ވަބާ)ابنعذاريالمراكشي (ت 695هـ) އެކަލޭގެފާނުގެ ފޮތް (البيانالمُغربفيأخبارالأندلسوالمغرب) ގައި ބަޔާން ކުރައްވާފައިވާ ގޮތުން ތޫނިސް(ޓިއުނީޝިއާ) ގައި ހިޖުރައިން 395ހ ވަނައަހަރު ބޮޑުވެގެންވާ ވަބާއެއް ކުރިމަތިވެ މުދަލުގެ އަގުއުފުލި، ދުވަހުގެ ކޮށްތު ނެތިގެން ދިޔައެވެ. އަދި ގިނަ އަދަދެއްގެ މީހުން ހަލާކުވެދިޔައެވެ. މުއްސަދިންނާއި ޙާޖަތައް ބޭނުން ޖެހިފައިވާ މީހުންވެސް މެއެވެ. މީގެ އިތުރުން ތޫނިސްގެ ޤައިރަވާންގެ މިސްކިތްތައްވެސް ހުސްވެ ފަޅުވެގެންދިޔައެވެ.

448ހ (އަންދަލުސް އަށް މެދުވެރިވި ތަދުމަޑުކަން )
ތޫނިސްގައި ފެތުރުނު ވަބާފަދަ ވަބާއެއް ސްޕެއިންގައިވެސް ހިޖުރައިން 448ހ ފެތުރުނެވެ. الإمامالذهبيّ – އެކަލޭގެފާނުގެ ފޮތް(تاريخالإسلام) ގައި މިވާހަކަ ގެންނަވާފައިވެއެވެ. މިތަދު މަޑުކަމުގައި އިޝްބީލިއާ (ސްޕެއިންގެ ސިޓީއެއް)ގެ ގިނައަދަދެއްގެ ޚަލްގުތަކުން މަރުވެދިޔައެވެ. އަދި މިސްކިތްތައް ބަންދުވެ މިސްކިތްތަކުގައި ނަމާދު ކުރާނެ މީހަކު ނެތި ދިޔައެވެ. މިއަހަރަށް ބޮޑު ހައިހޫނު ކަމުގެ އަހަރުން ނަންދެވުނެވެ.

449ހ (މެދުތެރޭ އޭޝިޔާ އަށް ފެތުރުނު ވަބާ )

ތާރީޚު ލިޔުންތެރިޔެއްކަމަށްވާ ابنالجوزي (ت 597هـ) މިވަބާ ސިފަކޮށްފައިވަނީ އަވަހަށް ފެތުރޭ، މީހުން ގަތުލުކޮށްލާ، ނުރައްކާތެރި ވަބާއެއްގެ ގޮތުގައެވެ. އަދި މިއަހަރު ސިފަކޮށްފައިވަނީ މުޅި އިސްލާމީ ރަށްތަކަށް ބޮޑުވެގެންވާ ވަބާއެއް ކުރިމަތިވި އަހަރެއްގެ ގޮތުގައެވެ. މިގޮތުން ބާޒާރުތަކުންނާއި މަގުތަކުން މީހުން ހުސްވެ ފަޅުވެގެން ގޮސް ގިނަ މިސްކިއްތަކެއްގެ ޖަމާއަތް މެދުކެނޑިގެން ގޮސްފައިވާ ކަމަށް ލިޔުއްވާފައި ވެއެވެ. މިވަބާގައި މެދުތެރޭ އޭޝިޔާގެ ރަށްތަކުން ދެމިލިޔަނާއި ގާތްކުރާ އަދަދަކަށް މީހުންމަރުވެދިޔައެވެ. އަދި މިވަބާ ހުޅަނގާއި ދިމާލަށް މިސްރާބުޖަހައި އިރާގުގެބިމާއި ކައިރިޔަށް ފެތުރިގެން ދިޔައެވެ. އަދި ތާރީޚުގައި އައިސްފައިވާގޮތުން މިއަހަރުގެ جمادىالآخرة މަހުގެތެރޭގައި ދުވާލެއްގެ މަށްޗަށް މިސަރަހައްދުން އަށާރަ ހާސް (18000)ޖަނާޒާ ބާއްވަން ޖެހުނެވެ.

749ހ (މިސްރުގައި ފެތުރުނު ޠާޢޫންގެ ވަބާ)

ޔޫރަޕްގައި މިވަބާ މަޝްހޫރުވެގެން ގޮސްފައިވަނީ “ކަޅުމަރު” ގެ ގޮތުގައިއެވެ. المقريزي (ت 845) – އެކަލޭގެފާނުގެ ފޮތް(السلوكلمعرفةدولالملوك) ގައި ބަޔާން ކުރައްވާގޮތުން މިސްރުގައި މިވަބާގެ ސަބަބުން ހަފްލާތަކާއި ކައިވެނި ޕާޓީތައް ބޭއްވުން ހުއްޓި، ލަވައިގެ އަޑުވެސް ކެނޑުނެވެ. އަދި އެއްމެ މިސްކިތެއް ފިޔަވާ އެހެން މިސްކިތްތަކުގައި ބަންގި ގޮވުންވެސް މެދުކެނޑިގެން ދިޔައެވެ. ތާރީޚު ލިޔުއްވުން ތެރިޔާابنتغريبردي (ت 872هـ) އެކަލޭގެފާނުގެ ފޮތް (النجومالزاهرة)ގައި މިވަބާގައި ގިނަ މިސްކިތްތައް ބަންދުވެގެން ދިޔަކަމަށް ގެންނަވާފައިވެއެވެ.

827ހ (މައްކާގައި ފެތުރުނު ވަބާ)

الحافظابنحجر (ت 852هـ) އެކަލޭގެފާނުގެ ފޮތް إنباءالغُمْربأبناءالعمر ގައި ލިޔުއްވާފައިވާ ގޮތުން މިއަހަރުގެ ކުރީކޮޅުގައި މައްކާގައި ވަރުގަދަ ވަބާއެއް ފެތުރިގެން ދިޔައެވެ. މިވަބާގައި ސާޅީސް(40) ހަކަށް މީހުން ދުވާލެއްގެ މައްޗަށް މަރުވަމުންދިޔައެވެ. މިގޮތުން އެއަހަރުގެ ربيعالأول މަހުގައި މަރުވި މީހުން ހިސާބު ކުރައްވައި އެމަހުގައި އެއްހާސް ހަތް ސަތޭކަ (1700) މީހުން ނިޔާވިކަމަށް އިބުނު ޙަޖަރު ލިޔުއްވާފައިވެއެވެ. އަދި އެއިރުގައި މަސްޖިދުލް ހަރާމުގެ މަގާމު އިބްރާހީމް ކަރީގައި (ޝާފިޢީ މަޒުހަބުގެ މީހުން ނަމާދު ގާއިމުކުރާތަނުގައި) އިމާމާއި އެކުގައި ދެމީހުން މެނުވީ އިތުރުބަޔަކު ނަމާދު ކުރުމަށް މިސްކިތުގައި ނުވާކަމަށްވެއެވެ. އަދި އެހެން މަޒުހަބުތަކުގެ އިމާމުންނާއި އެކު ނަމާދު ކުރުމަށް މީހަކު ނާދެއެވެ.

މިތާގައި ފާހަގަ ކޮށްލަންޖެހޭނުކުތާއަކީ މީސްތަކުން ޖަމާއަތް ދޫކޮށްލިކަމެވެ. އެއީ ބަލިމީހުންނަށް އަޅާލުމާއި މަރުވާމީހުންގެ ޖަނާޒާގެ ކަންތައްތަކުގައި އުޅެންޖެހުމުންކަމަށް ވުންވެސް އެކަށީގެންވެއެވެ. އަދި އެއީ އެބަލީގެ ބިރުވެރިކަމުން ރާއްކާތެރިވުމަށް ކަމަށްވެސް ބެލެވިދާނެވެ. އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މަތިވެރިވަންތަ އިލާހެވެ.

1441ހ- 2020 ( ކޮވިޑް-19)

2019 ވަނަ އަހަރުގެ ފަހުކޮޅު ޗައިނާގެ ވޫހާންގައި ފެތުރެން ފެށި ވަބާ، ނުރައްކާތެރި ސިގުނަލްތައް ދެމުން އައިސް 2020 ގައި މުޅި ދުނިޔެއަށް ފެތުރިއްޖެއެވެ. އަދި ދުނިޔޭގެ ގިނަ ގައުމުތަކަށް މިބަލި ވާޞިލުވެ އިސްލާމީ ގައުމުތަކާއި އެނޫން ގައުމުތަކައްވެސް މިވަބާގެ ވޭނުގައި ޖެހި ބަނދެވިއްޖެއެވެ.
ގިނަ އިސްލާމީ ގައުމުތަކުގެ ސަރުކާރުތަކުން މިވަބާފެތުރުނަ ނުދިނުމަށްޓަކައި މީސްތަކުން އެއްތަނަކައް އެއްވިޔަ ނުދިނުމުގެ ގޮތުން މިސްކިއްތައް ޝާމިލުވާ ގޮތައް މުޅިގައުމު ފުރަބަންދު ކުރުމަށް ނިންމިއެވެ. އަދި މިނިންމުމަށް އިސްލާމީ ގިނަ ގައުމުތަކުގެ ފިޤްހު އެކަޑަމީ ތަކާއި ފަތުވާ ދެއްވާ މަޖުލިސް ތަކުންވަނީ ތާއީދު ކޮށްފައެވެ. ނަމަވެސް ފިޤުހު ޢިލްމުވެރިންގެ ތެރެއިން ބައެއް ބޭފުޅުން މިރައުޔާއި ޚިޔާލު ތަފާތުވެ މިސްކިތްތަކުގެ ޖަމާޢަތް މެދުކަނޑާލުން އެއީ ކޮއްގެންވާނެ ކަމެއް ނޫންކަމަށާއި އަދި ޚާއްސަކޮށް މުސްލިމުންގެ އެއްމެ މުގައްދަސް ގެކޮޅު ޠަވާފު ކުރާމީހުންނަށާއި ނަމާދު ކުރާ މީހުންނަށް މިގޮތައް ބަންދު ނުކުރެވޭނެކަމަށް ދެކިލައްވައެވެ. މިގޮތުން ކުވައިތުގެ أحمدالمطيريއާއި މަޣުރިބުކަރައިގެ މަޝްހޫރު ސަލަފީ ޝައިޚު عمرالحدوشيގެ ފަތުވާ މިމައްސަލައިގައި ފާހަގަ ކޮށްލެވެއެވެ.

ރެފަރެންސް


– إنباءالغمربأبناءالعمر،أبوالفضلأحمدبنعليبنمحمدبنأحمدبنحجرالعسقلاني (المتوفى: 852هـ) تحقيق: دحسن حبشي، الناشر: المجلسالأعلىللشئونالإسلامية – لجنةإحياءالتراثالإسلامي،مصر ، 1389هـ ج3 ، ص 326.
– البيانالمغربفيأخبارالأندلسوالمغرب،ابنعذاريالمراكشي،أبوعبداللهمحمدبنمحمد (المتوفى: نحو 695هـ)، تحقيقومراجعة: ج. س. كولان،إِ. ليفيبروفنسال،الناشر: دارالثقافة،بيروت – لبنان، الطبعة: الثالثة،1983 م
– تاريخالإسلامووفياتالمشاهيروالأعلام ،شمسالدينأبوعبداللهمحمدبنأحمدبنعثمانبنقَايْمازالذهبي (المتوفى: 748هـ)، تحقيق:عمرعبدالسلامالتدمري، الناشر: دارالكتابالعربي،بيروت، الطبعة: الثانية، 1413 هـ – 1993 م
– السلوكلمعرفةدولالملوك،أحمدبنعليبنعبدالقادر،أبوالعباسالحسينيالعبيدي،تقيالدينالمقريزي (المتوفى: 845هـ)، تحقيق:محمدعبدالقادرعطا، الناشر: دارالكتبالعلمية – لبنان/ بيروت، الطبعة: الأولى، 1418هـ – 1997م
– النجومالزاهرةفيملوكمصروالقاهرة،يوسفبنتغريبرديبنعبداللهالظاهريالحنفي،أبوالمحاسن،جمالالدين (المتوفى: 874هـ)، الناشر: وزارةالثقافةوالإرشادالقومي،دارالكتب،مصر.
– مسندالإمامأحمدبنحنبل، أحمد بن حنبل ، تحقيق:شعيبالأرناؤوطوآخرون،الناشر: مؤسسةالرسالة، 2009م
– بينهاتعطلللمسجدالنبويأيامالصحابةوالحرمالمكيوالأزهروالأموي.. تعرفعلىوقائعتوقفصلواتالجماعةبتاريخالمسلمين ، 24/3/2020
https://bit.ly/35HVoWB
– صلوافيبيوتكم!”.. حربفتاوىبسببإغلاقالمساجد،16 مارس 2020
https://bit.ly/2WayBQm
– أستاذبالتفسيروالحديثفيجامعةالكويت: إغلاقالمساجدومنعالمصلينمحرمبالنص، نشرالسبت، 14 مارس / آذار 2020.
https://cnn.it/3dreWRM

masoor