MNU Cisco Instructor Training Centre

Posted on 21-09-2020 at 09:46 in News

Web-News-L

 

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީ އަށް ސެޕްޓެންބަރ 2020 އިން ފެށިގެން ވަނީ ސިސްކޯ އިންސްޓްރަކްޓަރ ޓުރޭނިންގް ސެންޓަރެއްގެ ދަރަޖަ ލިބިފައެވެ. ސިސްކޯ އެކަޑަމީ އިންސްޓްރަކްޓަރ ޓުރޭނިންގް ސެންޓަރަކީ ސިސްކޯސެޓިފައިޑް ކޯސްތައް ހިންގުމަށް ބޭނުންވާ ހުނަރުވެރި މުދައްރިސުން ތަމްރީންކުރާ މަރުކަޒެކެވެ. މިމަރުކަޒުން މިސަރަހައްދަށް ބޭނުންވާ ސިސްކޯ އިންސްޓުރަކްޓަރުން ތަމްރީނުކުރެވިގެންދާނެއެވެ. މިއީ އެމް.އެން.ޔޫ ބޭރުގެ ގައުމު ތަކުގެ ދަރިވަރުންނަށް ހުޅުވާލަން ލިބުނު އިތުރު ފުރުސަތެކެވެ.

ސިސްކޯ ނެޓްވޯރކިންގ އެކަޑަމީއަކީ ކޮންޕިއުޓަރ ވިއުގަ ތަކަށް ބޭނުންވާ މަސައްކަތްތެރިން ތަމްރީނު ކުރާ މަރުކަޒު ތަކެކެވެ. މިއީ މިދާއިރާގައި މިހާރު ދުނިޔޭގައި އެންމެފާހަގަ ކޮށްލެވޭ ތަމްރީން ދޭ މަރުކަޒެވެ. އަދި ސިސްކޯ ތަމްރީން ތަކަކީ ކޮމްޕިއުޓަރ ވިއުގައަކުން ގުޅާލެވިފައިވާ ކޮންމެ އޮފީހަކަށްވެސް ވަރަށް މުހިއްމު ތަމްރީންތަކެކެވެ. މިހާރު ފެކަލްޓީ އޮފް އެންޖިނިއަރިންގް ސައިންސް އެންޑް ޓެކްނޮލޮޖީގައި ކޮންޕިއުޓަރ ސައިންސާއި އިންފޮމޭޝަން ޓެކްނޮލޮޖީ ކިޔަވާ ހުރިހާ ދަރިވަރުން ދަސްވެނިވާނީ އެމް.އެން.ޔޫ އިން ދޭ ސަނަދުގެ އިތުރުން ސިސްކޯ ސެޓިފިކޭޝަން އަކާ އެކުގައެވެ.