Launching Ceremony of Health Emergency Risk Compliance in Epidemic Context

Posted on 08-10-2020 at 08:44 in News

 

The Maldives National University (MNU) signed a memorandum of understanding (MoU) with European Institute for Export Compliance (EIFEC) together with University of Turin, Italy, at a ceremony that was held at MNU B-Block auditorium today.

EIFEC is the International Standards organization for Compliance in areas that are a threat to international security, such as that of nuclear, biological and chemical armaments proliferation, Weapons of Mass Destruction (WMD), Sanctions (Export Compliance) whose aim is to contribute to fostering international security and disseminating behaviors of excellence through the effective implementation of the specialized compliance management framework based on its international standard.

EIFEC has the multidisciplinary knowledge and competence that allows to define and develop, by innovation, Standards, guidelines and certification mechanisms for emergency situations or critical areas of any nature.

The present COVID-19 situation requests not only the development of proper emergency practices, policies and procedures, but also to make them certified by accredited qualified third parties. For this reason, EIFEC has developed the new Emergency International Standards series, which helps organizations to be more effective in their fight against Covid-19, and people’s everyday lives safer and healthier.

This Series include two different kinds of Standards:

  • Health Emergency Risk Compliance Management System (HER-CMS), which can be adopted and implemented by all organizations; and
  • Compliance Management Systems for Sanitization Service Providers (SSP-CMS), reserved to professional Sanitization Service Providers

The Maldives National University (MNU) is collaborating with EIFEC to coordinate and implement compliance for Health Emergency Risk Management in an epidemic context. More specifically:

  • advise on the development and deployment in the Maldives and in the region, of the International Standards issued by the EIFEC Standards Tech Group, and
  • assist and coordinate with the relevant Maldivian authority for optimization and integration of the national Guidelines and / or other activities
  • prepare and provide the necessary training sessions to operators in the sector,
  • assist in the localization in local language of the new Standards if needed,
  • introduce and coordinate with organizations able to participate to the assessment and determination of the compliance of products, equipment and processes used in sanitization activities with the relevant national regulations, the indications of the World Health Organization and the Ministry of Health’s protocols about sanitization and disinfection of facilities, public spaces and industrial areas in accordance with the new emergency standards EIFEC ES2001.06: HBY series and
  • promote the new standards and assist organizations to build and start their management programs for the prevention and containment of the health emergency by Covid-19 or pandemics in similar situations.

 

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ޔޫރޮޕިއަން އިންސްޓިޓިއުޓް ފޯ އެކްސްޕޯޓް ކޮމްޕްލައަންސް (އެއިފެކް) އަދި އިޓަލީގެ ޔުނިވަރސިޓީ އޮފް ޓިއުރިން އާއި ދެމެދު ފަހުމްނާމާ އެއްގައި ސޮއިކޮށްފިއެވެ. މިފަހުމްނާމާ އަކީ “ބަލިމަޑުކަމުގެ ހާލަތުގައި ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް” ޕްރޮގްރާމެއް ދިވެހިރާއްޖޭގައި ހިންގުމަށް ސޮއިކުރެވުނު ފަހުމުނާމާ އެކެވެ.

އެއިފެކް އަކީ، ބައިނަލްއަޤްވާމީ ސަލާމަތަށް ނުރައްކާ ކުރިމަތި ކުރުވާ ނިއުކްލިއަރ، ބަޔޮލޮޖިކަލް އަދި ކެމިކަލް ހަތިޔާރު އިތުރުވުން، ވެޕަންސް އޮފް މާސް ޑިސްޓްރަކްޝަން (ޑަބްލިޔު.އެމް.ޑީ)، ފިޔަވަޅުއެޅުން (އެކްސްޕޯޓް ކޮމްޕްލަޔަންސް) ފަދަ ކަންކަމާއި ގުޅޭ ގޮތުން ޢަމަލުކުރަންޖެހޭ ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައަޅާ އޮގަނައިޒޭޝަނެވެ.

ތަފާތު ގިނަ ދާއިރާތަކުން ކުއްލި ހާލަތާއި ގުޅޭ ގޮތުން ނުވަތަ ކޮންމެ ބާވަތެއްގެވެސް މުހިއްމު ކަންކަމަށް އަމާޒުކޮށްގެން މިންގަނޑުތަކާއި، ގައިޑްލައިންތަކާއި، އަދި ސެޓްފިކެޓް ދެވޭނެ ނިޒާމުތައް ތަރައްޤީކޮށް އަދި އީޖާދު ކުރުމުގެ ޢިލްމާއި ޤާބިލުކަން އެއިފެކް އަށް ލިބިގެންވެއެވެ.

މިގޮތުން، އަދުގެ ކޯވިޑް ހާލަތަށް ރިޢާޔަތްކޮށް އެއިފެކް އިން ވަނީ ބައިނަލްއަޤްވާމީ ކުއްލި ހާލަތާބެހޭ މިންގަނޑުތަކުގެ އައު ސިލްސިލާ ތަރައްޤީ ކޮށްފައެވެ. މި މިންގަނޑުތަކުގެ ސަބަބުން އޮގަނައިޒޭޝަންތަކަށް ކޯވިޑް-19 އާ ދެކޮޅަށް އެންމެ އެކަށީގެންވާ ގޮތަށް މަސައްކަތް ކުރުމަށް މަގުފަހިވުމާއި، މީހުންގެ އާންމު ދިރިއުޅުމުގައި ރައްކާތެރިވުމަށާއި އަދި ޞިއްޙަތު ރަނގަޅުވުމަށް އެހީތެރިވެދޭނެއެވެ.

 މި ސިލްސިލާގައި ހިމެނޭ ތަފާތު ދެ މިންގަނޑަކީ:

  • ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް މެނޭޖްމެންޓް ސިސްޓަމް (HER-CMS). މިއީ، ހުރިހާ އޮގަނައިޒޭޝަނަކަށްވެސް ބޭނުންކުރެވޭނެ އަދި ތަންފީޛު ކުރެވޭނެ މިންގަނޑަކެވެ. އަދި
  • ހެލްތު އިމަޖެންސީ ރިސްކް ކޮމްޕްލަޔަންސް މެނޭޖްމެންޓް ސިސްޓަމް ފޯރ ސެނިޓައިޒޭޝަން ސަރވިސް ޕްރޮވައިޑާރސް (SSP-CMS). މިއީ، ސެނިޓައިޒޭޝަންގެ ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ޚާއްޞަ ކުރެވިފައިވާ މިންގަނޑަކެވެ.

އެއިފެކް އާއި ގުޅިގެން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ މަސައްކަތް ކުރާނީ މިސްޓޭންޑަރޑްސްތަކަށް “ސެނިޓޭޝަން އެންޑް ހައިޖީން” އަށް ރައްޔިތުން އަހުލުވެރި ކުރުމަށާއި މިސްޓޭންޑަރޑްތައް ހިފެހެއްޓުމަށް ޓްރޭނިންގ ހިންގާ މިއާ ގުޅޭ ދިރާސާ ހެދުމަށެވެ. މީގެ އިތުރުން މިޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތައް އެއިފެކް ސްޓޭންޑަރޑްތައް ހިފަހައްޓާނަމަ އެއިފެކްގެ ސެޓްފިކެޓެއް ދެވޭނެއެވެ. މިސެޓްފިކެޓް އަކީ އިންޓަރނޭޝަނަލް ސެޓްފިކެޓްއަކަށް ވާތީ، ޚާއްޞަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް، މިދުވަސްވަރު ތަނުގެ ސާފުތާހިރު ކަމާއި މެދު ފަތުރުވެރިންގެ ޢިތުބާރު ހޯދަން، މުހިއްމު ސެޓްފިކެޓްއަކަށް ވާނެކަމަށް ޤަބޫލްކުރެވެއެވެ.