ކޮވިޑް-19: މުސްތަޤުބަލަށްޓަކައި ޒަމާނީ ތަޢުލީމީ ނިޒާމެއް ބައްޓަން ކުރުމުގެ ވިސްނުން
Posted on 18-04-2020 at 20:15ދެހާސް ވިހިވަނަ އަހަރު ފެށިގެންއައި އިރު މުޅި ދުނިޔޭގައި އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ކޮރޯނާވައިރަސް ޑިޒީސް ނުވަތަ ކޮވިޑް-19 ގެ ނުރައްކާތެރިކަމުގެ ވާހަކައެވެ. ޗައިނާގެ ވޫހާން ސިޓީގެ ހުބެއި ޕްރޮވިންސުން ވުޖޫދުވެގެން އައި ކޮރޯނާ ވައިރަސް މުޅި ދުނިޔޭގެ އެތައް ޤައުމަކަށް މިހާރު މިވަނީ ފެތުރިފައެވެ. މިވަގުތަށް ޞިއްޙީ އެއްވެސް ފަރުވާއެއް ކޮވިޑް-19 އަށް ހޯދިފައިނުވާ އިރު 12 އެޕްރީލު 2020 ވަނަ ދުވަހާ ހަމައަށް އެއް މިލިއަނަށްވުރެ ގިނަ މީހުނަށް ކޮވިޑް-19 ބަލި ޖެހި، […]