Book Writing Grants Awarding and Book Launching
Posted on 23-12-2021 at 15:58 in News“އެމް.އެން.ޔޫ. ފުރަތަމަ ފަހަރަށް ފޮތް ލިޔުމަށް ދެވޭ ގްރާންޓް” ސާދަ ފަރާތެއް ހާސިލްކޮށްފި
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފޮތް ލިޔުމަށް ދެވޭ ގްރާންޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތު 23 ޑިސެމްބަރ 2021 ވީ އަންގާރަ ދުވަހު ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައި ބާއްވައިފިއެވެ.
ފޮތްތެރިކަން ޔުނިވަރސިޓީގެ މުވައްޒަފުންނާއި ދަރިވަރުންގެ މެދުގައި އާލާކޮށް ދިރުވުމަށް، ޔުނިވަރސިޓީން މިއަހަރު އަލަށް ތަޢާރަފު ކުރި “ބުކް ރައިޓިންގ ގްރާންޓްސް”، އަށް 23 ފަރާތަކުން އެދިވަޑައިގެން ޕްރޮޕޯޒަލް ހުށަހަޅުއްވާފައިވެއެވެ. މިޕްރޮޕޯޒަލްތައް ޔުނިވަރސިޓީގެ ބުކް ރައިޓިންގ ގްރާންޓްސް ކޮމިޓީން ރިވިއު ކުރެއްވުމަށް ފަހު 14 ފަރާތަކަށް 1048200 (އެއް މިލިއަން ސާޅީސް އަށް ހާސް ދުއިސައްތަ) ރުފިޔާ ގްރާންޓްގެ ގޮތުގައި ދޭން ނިންމުނެވެ.
ފޮތް ލިޔުމަށް ދެވޭ ގްރާންޓްގެ އިތުރުން މި އިޙްތިފާލްގައި ސަޢުދީގެ “ގުލިސްތާނު” {ފިނިފެންމަލުގެ ބަގީޗާ}f ފޮތް ނެރުންވެސް ކުރިއަށް ގެންދިޔައެވެ. މިފޮތަކީ ދުނިޔޭގެ އަދަބިއްޔާތުގެ އެންމެ މަޝްހޫރު ފޮތްތަކުގެ ތެރޭގައި ހިމެނޭ، ފާރިސީ ބަހުން ލިޔެފައިވާ ކުދި ގިނަ ވާހަކަތަކެއް ޅެންބަހުން އެކުލެވިގެންވާ ފޮތެކެވެ. ފާރިސީ ބަހުން އިނގިރޭސި ބަހަށް އަދި އިނގިރޭސި ބަހުން ދިވެހި ނަޘްރަށް ތަރުޖަމާކުރުމުން ވެސް، ބައެއް ވާހަކަ ތަކުން ފިކުރު ހޭލައްވާލައެވެ. މިފޮތް ދިވެހި ބަހަށް ތަރުޖަމާ ކޮށްދެއްވާފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. ޙަސަން ހަމީދެވެ..
ފޮތް ނެރެދެއްވާ އަދި ގްރާންޓް ހަވާލުކޮށްދެއްވީ، ޖަލްސާގެ ޝަރަފްވެރި މެހެމާން،ާރީޚީ ޢިލްމަށް ލޯބިކުރައްވާ، އަދި ގިނަ ފޮތްތަކެއް އެކުލަވައިލައްވާފައިވާ ނިޝާން ޢިއްޒުންދީނުގެ ޢިއްޒަތުގެ ވެރިޔާ، އަލްފާޟިލާ ނަސީމާ މުޙައްމަދު އެވެ.