Courses in Centre for Maritime Studies


Certificate 3 in Marine Operations
  • :
  • : 0.5 Year (1 Semester) Semester
  • : K. Male'
  • : Centre for Maritime Studies
  • ޝަރުތު

    ހ. ފަށާ ތަޢުލީމް ޙާސިލްކޮށްފައިވުން ނުވަތަ އެމް.އެން.ކިޔު.އެފް. ގެ ލެވެލް 2 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ
    ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު ކޯސްޓަލް ނެވިގޭޝަން ކޯހުގެ ސަނަދު ޙާސިލްކޮށްފައިވުން އަދި ދަށްވެގެން 100 ގްރޮސް ޓަނޭޖްގެ، ނުވަތަ ކުރުވެގެން 24 މީޓަރުގެ، ނުވަތަ މަދުވެގެން 12 ފަސިންޖަރުންގެ އުޅަނދެއްގައި މާސްޓަރ ނުވަތަ ނެވިގޭޓިންގ އޮފިސަރެއްގެ ގޮތުގައި 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
    ނ. ސައްހަކަން ބެލިފައިވާ 36 މަސްދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ކަނޑުމަތީގެ ތަޖުރިބާ 500 ގްރޮސް ޓަނާއި މިއަށްވުރެ ބޮޑު އާގުބޯޓު ފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ލިބިފައިވުން. (މީގެ ތެރޭގައި 6 މަސްދުވަހުގެ ނެވިކަމުގެ ޑިއުޓީ ބެލެހެއްޓުމުގެ ތަޖުރިބާ ލިބިފައިވުން). ނުވަތަ
    ރ. ސައްހަކަން ބެލިފައިވާ 1 އަހަރު ދުވަހަށްވުރެ މަދުނޫން މުއްދަތެއްގެ ތަމްރީން ޕްރޮގްރާމެއް އާގުބޯޓު ފަހަރުގެ ޑެކް ޑިޕާޓްމަންޓްގެ ދާއިރާއިން ފުރިހަމަކޮށް ތަމްރީން ރެކޯޑް ފޮތެއްގައި ރެކޯޑް ކުރެވިފައި އޮތުން.
    ނޯޓް: ކަނޑުމަތީ ތަޖްރިބާ ހުރިކަން ދައްކާދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީ އިން ހޯދާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.

Certificate 4 in Marine Operations
  • :
  • : 1 Year (2 Semester) Semester
  • : K. Male'
  • : Centre for Maritime Studies
  • ޝަރުތު

    ހ. ސާނަވީ މަދަރުސާ ނިންމާފައިވުން ނުވަތަ ސެޓްފިކެޓް 3 ގުޅޭ ދާއިރާއަކުން އޮތުން. ނުވަތަ
    ށ. ގްރޭޑް 7 ނިންމާފައިވުމާއި ޢުމުރުން 18 އަހަރު ވެފައިވުމާއި ބޯޓުދަތުރުކުރުމުގެ ދާއިރާގައި އެއް އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން އިންޓަރވިޔޫ އަކުން ކަށަވަރުވުން. ނުވަތަ
    ނ. އެސް.ޓީ.ސީ ޑަބްލިޔޫ ކޯޑުގެ ސެކްޝަން A-II/I އަށް ފެތޭ ޓްރޭނިންގ ޕްރޮގްރާމެއްގެ ދަށުން ބޯޓެއްގައި މަދުވެގެން 12 މަސްދުވަހު އުޅެފައިވާކަން ޓްރޭނިން ރެކޯޑު ފޮތަކުން ހާމަވުން. ނުވަތަ
    ރ. 36 މަސްދުވަހުގެ ބޯޓު ދަތުރު ކުރުމުގެ ޤަބޫލުކުރެވޭ ތަޖުރިބާ ހުރުން އަދި މި ތަޖުރިބާ ހޯދުމުގައި މާސްޓަރ އެއް ނުވަތަ ކޮލިފައިޑް އޮފިސަރެއްގެ ބެލުމުގެ ދަށުން 6 މަސްދުވަސް ވަންދެން ބްރިޖްގެ ވޮޗް ކީޕިންގ ޑިޔުޓީ އަދާ ކޮށްފައިވުން.
    ނޯޓް: 1. ޝަރުޠު ހ އާއި ޝަރުޠު ރ އިން ކޯހަށް ވަނުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް އިން 500 ގްރޮސް ޓޮން އަށް ވުރެ ބޮޑެތި ބޯޓުފަހަރުގައި ތަޖުރިބާ ލިބިފައިވާ ކަމުގެ ލިޔުމެއް ބޭނުންވާނެއެވެ. letter of eligibility
    2. ޝަރުޠު ހ އާއި ޝަރުޠު ށ ން ކޯހަށް ވަދެ ކޯސް ފުރިހަމަ ކުރާފަރާތްތަކަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ކޮމިޔުނިކޭޝަންސް ގެ ޓްރާންސްޕޯރޓް އޮތޯރިޓީ އިން ކަނޑައަޅާ ޝަރުޠު ނ ނުވަތަ ރ ގައިވާ ތަޖުރިބާ ބޭނުންވާނެއެވެ.
    3. ކޯސް ނިންމާ ދަރިވަރުންނަށް 500 ގްރޮސް ޓޮނޭޖް އަށް ވުރެ ބޮޑެތި އާގުބޯޓުފަހަރުގެ އޮފިސަރ އިން ޗާރޖް އޮފް އަ ނެވިގޭޝަނަލް ވޮޗްގެ ސަނަދު ލިބޭނީ އެސް.ޓީ.ސީ ޑަބްލިޔޫގެ ރެގިޔުލޭޝަން 1/9 އަދި ކޯޑްގެ ސެކްޝަން A-1/9 ގެ މެޑިކަލް ސްޓޭންޑަރޑަށް ދަރިވަރުން ފެތޭނަމައެވެ.

Certificate 3 in Marine Engineering
  • :
  • : 0.5 Year (1 Semester) Semester
  • : K. Male'
  • : Centre for Maritime Studies
  • ޝަރުތު

    ހ. ފަށާ ތަޢުލީމް ޙާސިލްކޮށްފައިވުން ނުވަތަ އެމް.އެން.ކިޔު.އެފް. ގެ ލެވެލް 2 ގެ ސަނަދެއް ޙާސިލްކޮށްފައިވުން. ނުވަތަ
    ށ. އުމުރުން 18 އަހަރު ފުރިފައިވުމާއެކު މަދުވެގެން 750 ކިލޯވޮޓްގެ އިންޖީނެއް ހުރި އާގުބޯޓެއްގެ އިންޖީން ރޫމްގައި މަދުވެގެން 36 މަސްދުވަހުގެ ކަނޑުމަތީގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ
    ނޯޓް: މި ކޯހަށް ކުރިމަތިލާ ހުރިހާ ފަރާތްތަކުންވެސް ވޭތުވެދިޔަ 6 މަސްދުވަހުގެ ތެރޭ ހައްދާފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅަންޖެހޭނެއެވެ. އަދި ކަނޑުމަތީ ތަޖްރިބާ ހުރިކަން ދައްކާދޭ ލިޔުމެއް (letter of eligibility) ޓްރާންސްޕޯޓް އޮތޯރިޓީ އިން ހޯދާ އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންވާނެއެވެ.